Bipasha ah 40 Aharu, Adhives Eyna ah Badhel Naadhe
image
ބިޕާޝާ ބާސޫ---
2 ކޮމެންޓް
 

ބިޕާޝާއަށް 40 އަހަރު، އަދިވެެސް އޭނާ އަށް ބަދަލެއް ނާދެ

ބިޕާޝާ ބާސޫ އަކީ ބޮލީވުޑުގައި ފާހަގަ ކޮށްލެވޭ ބަތަލާއެކެވެ. އޭނާ ހިނިތުންވުމުން ގިބަ ބައެއްގެ ހިތްތައް ކަތިލާފައިވާއިރު މިއަދު މިވަނީ އޭނާއަށް 40 އަހަރު ފުރިފައެވެ.
ބަދަލެއް ނާންނަ ބިޕާޝާ އަދިވެސް ހުރީ ހަމަ އެގޮތަށެވެ. ގިނަ ބަޔަކު އޭނާ އަށް ފޮލޯކުރާއިރު ބިޕާޝަ އަކީ ފިލްމު އިންޑަސްޓުރީ ގައި ހުރި އެންމެ ފިޓު އެކަކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އުމުރުން 15 އަހަރުގައި މޮޑެލް ކުރަން ފަށާފައިވާއިރު އޭނާ ފުރަތަމަ ފިލްމަކުން ފެނިފައިވަނީ 2011 ވަނަ އަހަރު ނެރުނު އަޖްނަބީ އިންނެވެ.

އެފިލްމުން ބިޕާޝާ ގިނަ ބަޔަކަށް އެނގިގެން ދިޔައިރު އޭނާ ވަނީ އޭގެ ފަހުން 50 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައެވެ. ބިޕާޝާ އެންމެ ފަހުން ފެނިގެން ދިޔައީ 'އެލޯން' އިންނެވެ. އެފިލްމުގައި އޭނާ ވަނީ ދެކެރެކްޓަރެއް ކުޅެފައެވެ. އެފިލްމުގައި ލީޑު އެކްޓަރެއްގެ ގޮތުގައި ފެނިގެން ދިޔައީ ބިޕާޝާގެ ފިރިމީހާއެވެ.

ބިޕާޝާ ކައިވެނިކޮށްފައިވަނީ 2016 ވަނަ އަހަރު އެކްޓަރު ކަރަން ސިންގް ގުރޯވާ އާއެވެ. އުމުރުން 36 އަހަރުގެ ކަރަން ވަނީ މީގެ ކުރިން އިތުރު ދެ ކައިވެންޏެއް ކޮށްފައެވެ. ބިޕާޝާ ކަރަން އާ ކައިވެނިކުރުމުގެ ކުރިން އެކްޓަރު ޖޯން އަބަރަހަމް އާ ލޯބީގެ ގޮތުން ވަނީ ގުޅިފައެވެ.

ބިޕާޝާ ދެން ފެނިގެންދާނީ އޭނާގެ ފިރިމީހާ ކަރަން އާއެކު އާދަތު އިންނެވެ. މިއަހަރު ނެރުމަށް ހަމަޖެހިފައިވާ އެފިލްމު ނެރޭނެ ވަކި ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ބިޕާޝާ ބާސޫ
ހިޔާލު

ސަމް

މޭކަޕު ކޮއްގެން އިންނައިރަކު ނޭނގޭނެ.. އެކަމަކު ބަދަލު އައިސަފަހުންނަ ފޮރުވިފައިހުރި ސަރަހައްދުތަކުގައި ބަދަލުތައް ހުންނާނެ ފެންނަން..

ތުނިޔަ

40 އަހަރަކީ ބަދަލު އަންނަޖެހޭ ކަމެއްތަ؟ 40 އަހަރުގަ ހަމަ ޒުވާންވާނެ އެންމެންވެސް.