Golden Globesge Ehme Molhu Actor akah Rami adhi Actress akah Glenn
image
ރާމީ އާއި ގްލެން.
0 ކޮމެންޓް
 

ގޯލްޑެން ގްލޯބްސް: އެންމެ މޮޅު އެކްޓަރަކަށް ރާމީ، އެކްޓަރެސް އަކަށް ގްލެން

ހޮލީވުޑްގައި އެންމެ ޝަރަފުވެރި އެވޯޑު ހަފްލާ ކަމަށްވާ ގޯލްޑަން ގްލޯބްސްގެ އެންމެ މޮޅު އެކްޓަރަކަށް ރާމީ މާލިކު އަދި އެކްޓަރެސް އަކަށް ގްލެން ކޮލޯޒް ހޮވިއްޖެއެވެ.
ރާމީ އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައިވަނީ "ބޮހީމިއަން ރެޕްސޮޑީ" އިންނެވެ. އެފިލްމުގައި އޭނާ ފްރޭޑީ މާކިއުރީގެ ރޯލުން ފެނިގެން ދިޔައިރު ގްލެން އަށް އެންމެ މޮޅު އެކްޓަރެސްގެ އެވޯޑު ލިބިފައިވަނީ "ދަ ވައިފް" އިންނެވެ. މިއީ އޭނާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑުގެ ލިބުނު ތިން ވަނަ ފަހަރެވެ.

އެވޯޑު ހަފްލާގެ އިތުރު އެވޯޑުތަކަށް ބަލާއިރު އެންމެ މޮޅު މޯޝަން ޕިކްޗާ ޑްރާމާ ލިބިފައިވަނީ ބޮހީމިއަން ރެޕްސޮޑީއަށެވެ. އެންމެ މޮޅު މޯޝަން ޕިކްޗާ މިއުޒިކަލް / ކޮމެޑީ ލިބިފައިވަނީ ގްރީން ބުކްއަށެވެ. އެންމެ މޮޅު އެކްޓްރެސް އިން މޯޝަން ޕިކްޗާ މިއުޒިކަލް / ކޮމެޑީ، އޮލީވިއާ ކޮލްމަންއަށް ލިބިފައިވާއިރު އެންމެ މޮޅު އެކްޓާ އިން މޯޝަން ޕިކްޗާ މިއުޒިކަލް / ކޮމެޑީ ލިބިފައިވަނީ ކްރިސްޓިއަން ބޭލްއެވެ.

ގޯލްޑެން ގްލޯބްސްގެ 76 ވަނަ އެވޯޑު ހަފުލާ ބާއްވާފައިވަނީ މިއަދުއެވެ. ހޮލީވުޑު ގިނަ ފަންނާނުން ވަނީ އެ އެވޯޑު ހަފުލާގައި ބައިވެރި ވެފައެވެ. އެ އެވޯޑު ހަފްލާ ހުށައަޅާފައިވަނީ ސެންޑްރާ އާ، އާއި އެންޑީ ސެމްބާގް އެވެ.
ހިޔާލު