Mi Narendra Modi eh Noon, Vivek Oberoi
image
ވިވޭކް އޮބްރޯއީ---
0 ކޮމެންޓް
 

މީ ނަރެންދުރަ މޯދީއެއް ނޫން، ވިވޭކް އޮބްރޯއީ

ވިވޭކް އޮބްރީއީ އަކީ ބޮލީވުޑުގައި ފާހަގަ ކޮށްލެވޭ ފަންނާނެކެވެ. ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ވިވޭކް ދެން ފެނިގެންދާނީ 'ޕީއެމް ނަރެންދުރަ މޯދީ' ކިޔާ ފިލްމަކުންނެވެ. leaward
އޮމަންގު ކުމާރު ޑައިރެކްޓުކުރާ އެފިލްމަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗައް ހަދާ ފިލްމެކެވެ. އެފިލްމުގައި ވިވޭކް ލީޑު ރޯލުން ފެނިގެންދާއިރު އޭނާ ވަނީ ފިލްމުގައި އެނާ ފެނިގެންދާނެ ގޮތުގެ ފޮޓޯ ހިއްސާކޮށްފައެވެ.

މޯދީގެ ރޯލުން ވިވޭކް ފެނިގެންދާއިރު އެ ޕޯސްޓަރުން ވިވޭކް މޯދީ އާ ވަރަށް ވައްތަރެވެ. ގިނަ ބަޔަކަށް އެފޮޓޯ ފެނިފައި އޮޅުން އަރާފައިވާއިރު ވިވޭކް އަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.

ޓުވިޓާ މެދުވެރިކޮށް ވިވޭކް ފިލްމުގެ ފުރަތަމަ ޕޯސްޓަރު 23 ބަހުރުވަ އަކުން ހިއްސާކޮށްފައިވާއިރު ރިޕޯޓުތައް ބުނާގޮތުގައި ފިލްމުގެ މަސައްކަތް މިމަހު މެދުތެރޭ ފެށޭނެއެވެ. ފިލްމު ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައިނުވާއިރު ފިލްމުގައި ފެނިގެންދާނެ އިތުރު ކާސްޓުންގެ ނަން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.


އުމުރުން 42 އަހަރުގެ ވިވޭކް އެންމެ ފަހުން ބޮލީވުޑް ފިލްމަކުން ފެނިގެން ދިޔައީ 'ބޭންކް ޗޯރް' އިންނެވެ. އެފިލްމުގައި އޭނާ ފެނިގެންދިޔައީ ސީބީއައި އޮފިސަރެއްގެ ގޮތުގައެވެ. އެފިލްމުގެ އިތުރުން އޭނާ ވަނީ ޕްރިންސް، ސާތިޔާ، މަސްތީ، ދަމް، ކްރިޝް 3، ކާލް، ރާއި، އަދި ޖަޔަންތާ ބާއީ ކި ލަވް ސްޓޯރީ އިން ވެސް ފެނިފައެވެ.
ހިޔާލު