Farhan ge Ufandhuvahu Eynage Loabiveriya Dhini Europe ah dhaan Dhekolhu Ticket
image
ފަރްހާނު އާއި ޝިބާނީ---
0 ކޮމެންޓް
 

ފަރްހާނުގެ އުފަންދުވަހު ލޯބިވެރިޔާ ދިނީ ޔޫރަޕް ދެކޮޅު ޓިކެޓު

ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ފަރްހާނު އަހްތަރުގެ އުފަންދުވަހުގެ ހަދިޔާއަކަށް އޭނާގެ ލޯބިވެރިޔާ، އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި މޮޑެލް ޝިބާނީ ދަންޑެކާރު ދިނީ ޔޫރަޕަށް ދާން ދެކޮޅު ޓިކެޓު ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. dhi2
ފަރްހާނަށް އިއްޔެ 45 އަހަރު ފުރިފައިވާއިރު އޭނާގެ އުފަންދުވަސް ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. ގިނަ ބަޔަކު އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވާއިރު ޝިބާނީ ވެސް ވަނީ އިންސްޓާގުރާމު މެދުވެރިކޮށް އޭނާއަށް ހާއްސަ ތަހުނިޔާ އެއް ކިޔާފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނިގޮތުގައި އެހާއްސަ ތަހުނިޔާއާއެކު ޝިބާނީ ވަނީ ފަރުހާނުއަށް ޔޫރަޕަށް ދާން ދެކޮޅު ޓިކެޓު ދީފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް އެދެމީހުން ޔޫރަޕަށް ދާން ފުރާނެ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ފަރްހާނު އާއި ޝިބާނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ހަބަރުތައް ބުނަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އެއަޑުތައް ފެތުރުނު ނަމަވެސް މީގެ ކުރިން އެކަމާއި ގުޅިގެން ބަހެއް ބުނެފައި ނުވާ ފަރްހާން ވަނީ ދާދި ފަހުން އެކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ފަރްހާނު އާއި ޝިބާނީ މިހާރު ބޭނުން ވަނީ އެގުޅުން އިތުރު ހަރުފަތަކަށް ގެންދާށެވެ. އެގޮތުން މިއަހަރު ދެމީހުން ކައިވެނިކުރާނެ ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.

ރޮކް އޮން 2 އާއި ޒިންދަގީ ނާ މިލޭގީ ދުބާރާ އާއި ބާގް މިލްކާ ބާގް ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އުމުރުން 44 އަހަރުގެ ފަރްހާން ވަނީ މީގެ ކުރިން ކައިވެންޏެއްކޮށްފައެވެ. ހެއާ ސްޓައިލިސްޓެއްކަމަށްވާ އަދުނާ ބަބާނީއާ ފަރްހާނު 2000 ވަނަ އަހަރު ކައިވެނިކޮށްފައިވާއިރު އެމީހުންގެ ކައިވެންޏަށް ވަނީ ދެ ކުދިން ލިބިފައެވެ. އަދި ހަތް އަހަރު އެކުގައި އުޅުމަށްފަހު އަދުނާ އާއި ފަރްހާނު ވަކިވެފައިވަނީ މިދިޔަ އަހަރެވެ. ނަމަވެސް، ޝިބާނީ މީގެކުރިން ކައިވެންޏެއް ކޮށްފައެއް ނުވެއެވެ.
ހިޔާލު