Cheat India ge Nan Badhalu Koffi
image
ޗީޓް އިންޑިއާގެ ޕޯސްޓަރެއް---
0 ކޮމެންޓް
 

'ޗީޓް އިންޑިއާ'ގެ ނަން ބަދަލުކޮށްފި

ސޯމިކް ސެން ޑައިރެކްޓުކުރާ ފިލްމު 'ޗީޓް އިންޑިއާ'ގެ ނަން ބަދަލުކޮށްފިއެވެ.
އިންޑިއާގެ ފިލްމު ޓްރޭޑް އެނަލީސްޓެއްކަމަށްވާ ތަރަން އާދާޝް ޓުވިޓާ މެދުވެރިކޮށް ފިލްމުގެ ނަން ބަދަލު ކޮށްފައިވާ ކަން އަންގާފައިވާއިރު އެފިލްމަށް މިހާރު ކިޔަނީ 'ވައި ޗީޓް އިންޑިއާ' އެވެ. ނަމަވެސް ނަން ބަދަލު ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ތަރަން ހާމަކޮށްފައެއް ނުވެއެވެ.



އެފިލްމުގައި ލިޑު ރޯލަކުން އިމްރާނު ހާޝްމީ ފެނިގެންދާއިރު އޭނާ އާ އެކު ލީޑު ބަތަލާގެ ރޯލުން ފެނިގެންދަނީ ޝްރެޔާ ދަންވަންތަރީ އެވެ. ފިލްމުގެ ޝޫޓިން މިދިޔަ އަހަރު ޖުލައި މަހު ފެށި އިރު ފިލްމު ނެރެން ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހެވެ.

ޗީޓް އިންޑިއާ އަކީ ތައުލީމީ ނިޒާމުގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކުގެ މައްޗަށް އުފައްދާ ފިލްމެކެވެ. އަދި އެއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހިޔާލު