Dhuniyeyge Huri Ehme Mussandhi Meeha Mihaaru Hury Huskoh
image
ޖެފް ބީޒޮސް---
0 ކޮމެންޓް
 

ދުނިޔޭގެ ހުރި އެންމެ މުއްސަނދި މީހާ މިހާރު ހުރީ "ހުސްކޮށް"

ދުނިޔޭގެ ހުރި އެންމެ މުއްސަނދި މީހާ އެމެޒޯންގެ ސީއީއޯ ޖެފް ބީޒޮސް، އޭނާގެ އަންހެނުން މެކެންޒީ އާ ވަރިވެއްޖެއެވެ. leaward
އިއްޔެ ޓުވިޓާ މެދުވެރިކޮށް ޖެފް އާއި މެކެންޒީ ދެމީހުން ވަރިވި ވާހަކަ ހާމަކޮށްފައިވާއިރު އެދެމީހުން ބުނީ ގިނަ އަހަރު ލޯބީގެ ގޮތުން އުޅޭ މިހާރު ދެމީހުން ވަރިވާން ނިންމާފައިވާކަމަށެވެ. އަދި 25 އަހަރު އެކުގައި އުޅުމަށްފަހު ދެމީހުން ވަކިވިނަމަ ވެސް ދެމީހުންގެ މެދުގައި ރަހުމަތްތެރިކަމުގެ ގުޅުން އޮންނާނެ ކަމަށެވެ.

އޭގެ އިތުރުން ދެމީހުން އެކުގައި އުޅުނު ދުވަސްތަކަކީ ވަރަށް އުފަލުގައި ހޭދަކުރި ދުވަސްތަކެއް ކަމަށް ވެސް ދެމީހުން ވަނީ ބުނެފައެވެ. ނަމަވެސް ދެމީހުން ވަރިވީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މީހުންގެ މުދާ ބަހުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް ވެސް ހާމައެއް ނުކުރެ އެވެ.

އެމެރިކާއަށް ނިސްބަތްވާ އުމުރުން 54 އަހަރުގެ ޖެފް އާއި 48 އަހަރުގެ މެކެންޒީ ކައިވެނި ކުރީ 1993 ވަނަ އަހަރެވެ. އެދެމީހުންގެ ހަތަރު ކުދިން ތިބެއެވެ. މެކެންޒީ އަކީ އެމެރިކާގެ މަޝްހޫރު ލިޔުންތެރިއެކެވެ.



މީގެ 25 އަހަރު ކުރިން ޖެފް އުފެއްދި އެމެޒޯންގެ ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޕަބްލިކް ކުންފުނީގެ ޝަރަފު ދާދި ފަހުން ހޯދާފަ އެވެ. އެއާ އެކު އެ ކުންފުނީގެ އަގު 797 ބިލިޔަން ޑޮލަރަށް އަރާފަ އެވެ. އަދި ޖެފްގެ މިލްކިއްޔާތު ވެސް ވަނީ 112 ބިލިޔަން ޑޮލަރަށް އަރާރަ އެވެ.

ދުނިޔޭގެ ދެ ވަނަ އަށް އެންމެ މުސްހަނދި މީހާގެ ގޮތުގައި މިހާރު ހުރީ، ކުރިން އެންމެ މުސްހަނދި މީހާގެ ގޮތުގައި ގިނަ އަހަރުތަކެއް ހުރި ބިލްގޭޓްސްގެ މިލްކިއްޔާތުގައި އުޅެނީ 90 ބިލިޔަން ޑޮލަރުގަ އެވެ.
ޖެފް ބޭޒޯސް
ހިޔާލު