Maldivianun Heyo Aguthakugai Ticket Vikkan Fashaifi
image
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް.-- ފޮޓޯ: މޯލްޑިވިއަން
3 ކޮމެންޓް
 

މޯލްޑިވިއަނުން ހެޔޮ އަގުތަކުގައި ޓިކެޓް ވިއްކަން ފަށައިފި

ގައުމީ އެއާލައިން މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރަން މި މަހުގެ ދެ ވަނަ ދުވަހު ނިންމި ނިންމުމާ އެއްގޮތަށް، ހެޔޮ އަގުގައި ޓިކެޓް ވިއްކަން މިއަދު ފަށައިފި އެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ވައުދުވެފައިވާ ކަމެކެވެ. އެ ވައުފު ފުއްދުމަށް އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގުތަކަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ، އެނގުންވާވަރުގެ ބަދަލެއް ގެނެސްފަ އެވެ.

ހެޔޮ އަގުގައި ޓިކެޓް ވިއްކަން ފެށިކަން އިއުލާނު ކުރީ މިއަދު އައިލެންޑް އޭވިއޭޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މެނޭޖަރު މޫސާ ވަސީމެވެ. އޭނާ ވިދާޅުވީ، އެންމެ އަގު ހެޔޮކޮށް ދަތުރު ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މޯލްޑިވިއަނުން ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ކުރިން އެންމެ އަގުބޮޑުކޮށް ވިއްކަމުން ދިޔަ ދެ ފެއާ އުވާލާފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

މިއަދުން ފެށިގެން މޯލްޑިވިއަންގެ ޓިކެޓުތައް ވިއްކާނެ އަގުތައް:

މާލެ - ހަނިމާދޫ - މާލެ: 1،610ރ. އާއި 2،226ރ. އާ ދެމެދު
މާލެ - ދަރަވަންދޫ - މާލެ: 1،098ރ. އާއި 1،562ރ. އާ ދެމެދު
މާލެ - ކުޑަހުވަދޫ - މާލެ: 1،500ރ. އާއި 2،056ރ. އާ ދެމެދު
މާލެ - އިފުރު - މާލެ: 1،500ރ. އާއި 2،056ރ. އާ ދެމެދު
މާލެ - ތިމަރަފުށި - މާލެ: 1،610ރ. އާއި 2،226ރ. އާ ދެމެދު
މާލެ- ކޫއްޑޫ - މާލެ: 1،652ރ. އާއި 2،442ރ. އާ ދެމެދު
މާލެ - ކާޑެއްދޫ - މާލެ: 1،652ރ. އާއި 2،442ރ. އާ ދެމެދު
މާލެ - ކައްދޫ - މާލެ: 1،610ރ. އާއި 2،226ރ. އާ ދެމެދު
މާލެ - ފުވައްމުލަށް - މާލެ: 1،698ރ. އާއި 2،598ރ. އާ ދެމެދު
މާލެ - ގަން - މާލެ: 1،698ރ. އާއި 2،598ރ. އާ ދެމެދު

މޫސަ ވިދާޅުވީ އަގު ޓިކެޓުގެ އަގު ހެޔޮވެގެން ދިއުމާ އެކު، އެންމެ އަގު ހެޔޮ ފެއާގެ ޓިކެޓުތައް ވެސް ކުރިން ވިއްކާ ވަރަށް ވުރެ އިތުރުވެގެން ދާނެ ކަމަށެވެ. އަދި އަގު ހެޔޮ ފެއާގެ ޓިކެޓުތައް ލިބޭވަރު ކުރިއަށް ވުރެ ތިން ގުނަ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓިކެޓުގެ އަގު ހެޔޮ ކުރުމުގެ އިތުރުން، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.
ހިޔާލު

ޚޮޅި

ހޮޅިވާހަކަ. ޢެއްކޮޅު ޓިކެޓް ތިއީ.

މުހައްމަދު

އަދިވެސް އައްޑޫއައްވުރެން ލަންކާ ޓިކެޓް އަގުހެޔޮ

ޑޭވިޑް

ނޮންސެންސް