Gina Baehge Lothah Mi Photo Ah
image
ގޯރީ، ޝާހު އަދި ސުހާނާ---
0 ކޮމެންޓް
 

ގިނަ ބައެއްގެ ލޯތައް މިފޮޓޯ އަށް

ޝާހު ރުކް ހާން އަކީ ބޮލީވުޑުގައި ހުރި އެންމެ ކާމިޔާބު އެކްޓަރޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ދާދި ފަހުން އޭނާގެ އަންހެނުން ގޯރީ ހާން ހިއްސާކުރި ފޮޓޯއަކަށް ގިނަ ބައެއްގެ ލޯތައް ވަނީ ހުއްޓިފައެވެ.
އިންސްޓާގުރާމު މެދުވެރިކޮށް އެފޮޓޯ ގޯރީ ހިއްސާކޮށްފައި ވަނީ މީގެ ދެދުވަސް ކުރިންނެވެ. އެފޮޓޯއަކީި އިންޑިއާ މީހުން ފާހަގަ ކުރާ ދިވާލީ އާ ގުޅިގެން ޝާހުގެ ގޭގައި ބޭއްވި ބޮޑު ހަފްލާގައި ޝާހު އާއި ގޯރީ އަދި އެދެމީހުންގެ އަންހެން ދަރިފުޅު ސުހާނާ ހާން އާ އެކީ ނަގާފައިވާ ފޮޓޯއެކެވެ.

View this post on Instagram

Most days he deserves it ...

A post shared by Gauri Khan (@gaurikhan) on


ފޮޓޯއިން ފެނިގެންދަނީ ޝާހުގެ ކޮލުގައި ގޯރީ އާއި ސުހާނާ ބޮސްދޭ މަންޒަރެވެ. ގިނަބަޔަކަށް އެފޮޓޯ ކަމުގޮސްފައިވާއިރު މިދިވަސްކޮޅު އެފޮޓޯގެ ވާހަކަ ނުދައްކާ މީހަކު ވަރަށް މަދެއެވެ.

އުމުރުން 48 އަހަރުގެ ގޯރީ އަކީ ފާހަގަ ކޮށްލެވޭ އިންޓީރިއާ ޑިޒައިނަރެކެވެ. އޭނާގެ އަމިއްލަ ޑިޒައިންތައް ފެނިގެންދާ 'ގޯރީ ހާން ޑިޒައިންސް'ގެ ނަމުގެ އަމިއްލަ ފިހާރައެއް ވެސް ހުރެއެވެ.

އުމުރުން 18 އަހަރުގެ ސުހާނާ ވަނީ މަޝްހޫރު މެގަޒިން ވޮގް އިންޑިއާގެ ކަވާ އިން ވެސް ފެނިފައެވެ. އަދި ދާދި ފަހުން އޭނާ ވަނީ ކޮލެޖުގެ ކުރު ފިލްމެއް ކުޅެފައެވެ. ޝާހު ބުނިގޮތުގައި ސުހާނާ ބޭނުންވަނީ އެކްޓު ކުރަން ކަމަށާއި ތިން ވަރަކަށް އަހަރު ތެރޭ ރަނގަޅު އެކްޓަރަކަށް އޭނާ ވާނެ ކަމަށް ޝާހު ވަނީ ބުނެފައެވެ.

ޝާހު އާއި ގޯރީ ކައިވެނިކޮށްފައިވަނީ 1991 ގައެވެ. ސުހާނާގެ އިތުރުން ދެމީހުންގެ ދެކުދިން ތިބެއެވެ. އެއީ 21 އަހަރުގެ އާރިޔަން އާއި ފަސް އަހަރުގެ އަބްރަމެވެ. އެއާއިލާ އަކީ ގިނަ ބަޔަކު ލޯބިވާ އަދި ނަމޫނާ އާއިލާ އެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

ހިޔާލު