1.5 Billion ali aharu dhurun radio signal thakaeh libihje
image
ވަރުގަދަ މެގްނެޓިކް ފީލްޑެއް ހިމެނޭ ނިއުޓްރޯން ސްޓާއެއް އެނބުރޭ މަންޒަރު ދައްކުވައިދޭ ކުރެހުމެއް.-- ފޮޓޯ: ގެޓީ އިމޭޖަސް
1 ކޮމެންޓް
 

1.5 ބިލިޔަން އަލި އަހަރު ދުރުން ރޭޑިއޯ ސިގްނަލުތަކެއް ލިބިއްޖެ

ދުނިޔެ އާ 1.5 ބިލިޔަން އަލި އަހަރު ދުރުގައިވާ ގެލެކްސީ އަކުން ގޮތްނޭނގޭ ރޭޑިއޯ ސިގްނަލްތަކެއް ލިބިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ސައިންސްވެރިން ބުނާގޮތުގައި އެ ސިގްނަލްތައް މިހާތަނަށް 13 ފަހަރު ފިބިފައިވާ ކަމަށެވެ. އެ ސިގްނަލްތައް ހޯދީ ކެނެޑާގައި ހުންނަ ޓެލެސްކޯޕަކުން ކަމަށާއި، ރޭޑިއޯ ބާސްޓް ނުވަތަ (އެފްއާރުބީ) ގެ ގޮތުގައި ފާހަގަ ކުރެވޭ އެ ސިލްނަލްތައް ލިބެނީ އެއް ސަރަހައްދަކުން ކަމަށް ސައިންސްވެރިން ބުނެ އެވެ.

މިއީ މިހާތަނަށް ވަރަށް މަދުން ނޫނީ ނުލިބޭ ފަދަ ސިގްނަލްތަކެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. އެގޮތުން މިހާތަނަށް ސައިންސްވެރިންނަށް 60 އެފްއާރުބީ ހޯދުނު އިރު، މީގެ ކުރިން މިފަދަ ސިގްނަލްތަކެއް އެއް ސަރަހައްދަކުން ތަކުރާރުކޮށް ލިބިފައިވަނީ އެންމެ ފަހަރަކު ކަމަށް ސައިންސްވެރިން ބުނެ އެވެ.

"ސިގްނަލްތައް ލިބުމުން، އަހަރެމެންގެ އިތުރުން އެހެން ބަޔަކު (އޭލިއަނުން) އުޅެދާނެ ކަމަށް ބުނާ ބުނުމަށް އިތުރު ބާރެއް ލިބޭ،" ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާގެ އެސްޓްރޯފިޒިސިސްޓް އިންގްރިޑް ސްޓެއާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ސިގްނަލްތައް ތަކުރާރުކޮށް ލިބޭނަމަ، އެއީ ކިހިނެއް އަދި ކޮން ތާކުން، ކޮން ގޮތަކަށް ލިބޭ އެއްޗެއް ކަން ހޯދަން ކުރާ މަސައްކަތަށް ކުރިއެރުން ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިފަދަ ސިގްނަލްތަކެއް މި ލިބުނީ ދެ ވަނަ ފަހަރު. އަދި އެ ދެ ސިގްނަލްގައި ވެސް ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި،" ކެނެޑާގެ މެގިލް ޔުނިވާސިޓީގެ ޝްރިހާޝް ޓެންޑުލްކާ ވިދާޅުވި އެވެ.

އެފްއާރުބީ އާ ގުޅޭގޮތުން ސައިންސްވެރިން ތަފާތު ތިއަރީތައް ގެންގުޅެ އެވެ. އެގޮތުން އެ ސިގްނަލްތަކަކީ ވަރުގަދަ މެގްނެޓިކް ފީލްޑެއް ހިމެނޭ ނިއުޓްރޯން ސްޓާއެއް ވަރަށް ބާރަށް އެނބުރުމުގެ ތެރޭގައި ފޮނުވާ ސިގްނަލުތަކަކަށް ވެދާނެ ކަމަށް ބައެއް ސައިންސްވެރިން ބުނެ އެވެ. އޭގެ އިތުރުން ދެ ނިއުޓްރޯން ސްޓާ މާޖްވާއިރު ފޮނުވާ ސިގްނަލެއް (ނިއުޓްރޯން ދެ ތަރި އެއްވާ އަޑުން އުފެދޭ ސިގްނަލެއް) ނުވަތަ އޭލިއަން ސްޕޭސްޝިޕަކުން ފޮނުވާ ސިގްނަލެއް ކަމަށް ވެސް ބައެއް ސައިންސްވެރިން ބުނެ އެވެ.
ނާސާ ކެނެޑާ ސައިންސް
ހިޔާލު

ފަޅޯ ކައްޕި

މީހަކު އަޅެ އަޖައިބެއް ނުވާނެތަ.. ކިކިކިކި