Taxi thakugai Meter Harukuran Nimmaifi
image
10 ކޮމެންޓް
 

ޓެކްސީ ތަކުގައި މީޓަރު ހަރުކުރަން ނިންމައިފި

ރާއްޖޭގައި ދުއްވާ ޓެކްސީތަކުގައި މީޓަރު ހަރުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ވިދާލުވީ ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވަނީ ޓެކްސީ ތަކުގައި މީޓަރު ހަރުކުރަން ކަމަށެވެ. އެހެން ކަމުން އެކަން އެގޮތައް ކުރަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭއްވި ފޯރަމުގައިވެސް ގިނަ ރައްޔިތުން ބޭނުންވީ ޓެކްސީތަކުގައި މީޓަރު ހަރުކުރަން. މިސަރުކާރަކީ ރައްޔިތުންގެ ބަސް އަހާ ސަރުކާރެއް. އެހެންކަމުން އަޅުގަނޑުމެން މި ނިންމީ އެގޮތައް،" މިނިސްޓަރު ނަހްލާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހްލާ ވިދާޅުވީ ޓެކްސީތަކުގައި މީޓަރު ހަރުކުރަން އަދި ވަކި ތާރީހެއް ނިންމާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެކަން ނިންމަވާނީ މަޝްވަރާކޮށް އެންމެނަށްވެސް ފަސޭހަވާނެ ގޮތެއްގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސިނަމާލެ ބުރިޖު ހުރަސްކޮށް ހުޅުލެއަށްވެސް އަދި ހުޅުމާލެއަށްވެސް މިހާރު އާއްމުކޮށް ދަތުރެއް ކޮށްދެނީ 100 ރުފިޔާއަށެވެ. ޓެކްސީތަކުން ބުރިޖު ހުރަސްކޮށް ކުރަމުންދިޔަ ދަތުރުތަކަށް ބޮޑެތި އަގުތައް ނަގަމުންއައި މައްސަލާގައި ފުލުހުން ޓެކްސީތައް ހުއްޓުވަން ނިކުތުމުން ޑްރައިވަރުން ވަނީ ބުރިޖު ދަތުރުތައް ހުއްޓާލާ އިހުތިޖާޖު ކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ އެއް ލީޓަރުގެ ތެލުން ރަނގަޅު ކޮންޑިޝަންގައި އޮންނަ ކާރަކަށް 16.5 ކިލޯ މީޓަރަށް ދުއްވޭނެ ކަމަށެވެ. މާލެ ވަށައިގެން އޮންނަ ރިންގް ރޯޑްގައިވެސް ހުންނަނީ 5.34 ކިލޯ މީޓަރެވެ.
ހިޔާލު

އިބިލީސް

އެމްޓީސީސީ ޕްރައިވެޓް ކާރު އޯކޭ 200-150ވެސް ދޯ

ލލ

މީޓަރުގެ ވިޔަފާރީގައި ބައުލް ޢަރަރު އާއި ޖަހާލަތު އެބަހިމެނޭ ! ޚަސްޓަމަރަށް ނޭގި މަގުބަންދު ވެއްޖެއްޔާ އެތަކެއް ފައިސާ އަރާފާނެ !

ކަލްމޫ

މާލޭގައި ޓުރެފިކް ޖެހިފައި އެތަކެއް އިރު އޮވެދާނެ މަގުބަންދުވެފައި ދުއްވާނުލެވި އެތަކެއް ރުފިޔާ އަރާނެ ކަސްޓަމަރަށް ބޮޑު ގެއްލުން ! ޢަގު އޮތުން ރަގަޅީ!

ޛ

އިންޑިޔާގެ އޮޓޯތަކުގަވެސް ތިޔަމީޓަރ ހުރޭ.އެކަމަކު ލާރިނަގަނީ އެމީހުންވެސް ނަގާނެވަރަކަށް.މީޓަރނުވެސް ޖައްސާ. ޙަމަ އެހެންވާނީ މިތާވެސް.ލޮލް
ޜައްޔިތުން ބޭނުންވަނިއްޔޯ ކާރުތަކުގަ 3 ފުރޮޅު ހުންނަން. ޢެހެންވީމަ ސޭޓުދައިތަ ނިންމާނީ އެހެންތޯ

ޢިބޫ

ތިކަންކުރާއިރު ދެފަރާތައް ގެއްލުން ނުވާއުސޫލަކުން
ޢަގުތަށް ހަމަހެޖެހިގެން ދާނެކަމުގަ ޔަގީންކުރަން

ވ ސަލާމް

ވވވވވ ރަގަޅު ނިންމު މެއް ވވވ ސަލާމް

ސާލިހް

ޥަރަށް ބޮޑަށް ސުކުރިއްޔާ މިނިސްޓަރ

.ލާލު

މާލެ ވަށާ އޮތް ރިންގް ރޯޑް 5 މީޓަރަށް ވުރެ ހާސް ގުނަ ދިގު ވާނެ ހެން ހީވޭ 😂

ކާލި

މީޓަރާއި ހެލްމެޓް އެތެރެކޮށް ވިއްކައިގެން ފައިދާނަގަން ސޭޓް އުޅެނީ ނިކަމެތިން ހަމަ ނިކަމެތި ކުރަން !

ބަރާބަރު

ތިޔައީ ވަރަށް ރަނގަޅުކަމެއް ނިންމުމަށް