Adheeb Jalah Badhalukuree Iqraarai Khilaafuvumun: Correction
image
3 ކޮމެންޓް
 

އަދީބު ޖަލަށް ބަދަލުކުރީ އިގްރާރާއި ހިލާފްވުމުން: ކަރެކްޝަން

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ގޭބަންދުގައި ބެހެއްޓުމަށްފަހު ކުއްލި ގޮތަކަށް ޖަލަށް ބަދަލު ކުރީ ގޭބަންދުކުރާ ގައިދީއާއި ޤައިދީއާ ހަވާލުވާ ފަރާތުގެ އިގްރާރާއި ހިލާފު ވުމުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
ކަރެކްޝަނުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އަދީބު ޖަލަށް އަނބުރާ ގެންދިޔައީ އިގްރާރާއި ހިލާފުވުމުން މެޑިކަލް ގަވާއިދުގެ 12 ވަނަ މާއްދާގައި ވާ ގޮތައް ސިއްހީހާލަތައް ރިޔާއަތްކޮށް އެފަދަ ހާލަތެއް ޖަލުގައި ގާއިމް ކުރުމަށްފަހު ކަމަށެވެ.

ކަރެކްޝަނުގެ ބަޔާނުގައި އަދީބް ހިލާފުވެފައި ވަނީ އިގްރާރުގެ ކޮންކޮން ބަޔަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އިގްރާރުގައިވާ ގޮތުން ނޫސްތަކަށް ބަޔާންދިނުމާއި، މީހުންނާއި ބައްދަލުކުރުމާއި ސިޔާސީ ހަރަކާތް ހިންގުމަކީ މަނާކަމެކެވެ.

އަދީބް ގޭ ބަންދުގައި ހުންނެވިއިރު ބައެއް ސިޔާސީ ފަރާތްތަކާއި ވަނީ ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގައި އޭރު އަލަސް އުފެއްދި ސިޔާސީ ޕާޓީއަކަށް ވަނީ ސޮއިކުރައްވާފައެވެ.

ކަރެކްޝަނުގެ ބަޔާނުގައި ބުނީ އާއްމުކޮށް އެތަނުން އަމަލު ކުރަމުންދާ އުސޫލަކީ އެގޮތައް ވެވޭ އިގްރާރާއި ހިލާފްވެއްޖެ ނަމަ ޖަލަށް ބަދަލުކުރުން ކަމަަށެވެ. އެހެން ކަމުން އެ އުސޫލުގެ ދަށުން އަދީބް ޖަލަށް ބަދަލު ކުރެވުނީ ކަމަށް ކަރެކްޝަނުން ބުނެއެވެ.

މީގެ އިތުރަށް ކަރެކްޝަނުން ބުނީ އައިޖީއެމްއެޗުން އަދީބް ބެއްލެވި ޔޫރޮލޮޖީގެ ހާއްސަ ޑޮކްޓަރު ވަކި ގޮތަކަށް ކަރެކްޝަނަށް އަންގާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ.

"ހޮސްޕިޓަލުގެ ޔޯރޮލޮޖީގެ ހާއްސަ ޑޮކްޓަރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ވަކިގޮތަކަށް ޢަމަލުކުރުމަށް "އަންގާފައި" ވާ ކަމަށް ދޭހަވާގޮތަށް މައުލޫމާތު އާންމުކުރެވިފައިވީ ނަމަވެސް، ޑޮކްޓަރު އިރުޝާދު ދެއްވާފައިވަނީ ވަކި ހާއްސަ މާހައުލެއް ފޯރުކޮށްދިނުމާމެދު ރިއާޔަތްކުރުމަށް" ކަރެކްޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްސީއެސްއިން ބުނީ ގައިދީންނާއި ބަންދުމީހުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އިންސާނީ ކަރާމަތަށް ގެއްލުންވާފަދަ ޢަމަލެއް ނުކުރާނެ ކަމަށެވެ.
ހިޔާލު

ހަސަނުބެ

އަދީބޫ ކަލޭތީ ރައްޔިތުންގެ އެތަކެއް ފައިސާއަކަށް ހިޔާނާތްތެރިވެފައިވާ މީހެއް އޭރު އެކަންކުރީ ކަލެއާ ޔާމީނާ ދެމީހުން ރާވައިގެން އެންމެފަހަރަކުވެސް ހަނދާނެއްނުވޭ މިކުރެވެނީ ބޮޑުކުށެއްކަމެއް

ސުޓޯ

އަދިބޫ ތިޔަހެން ކަލެއައް ތިވަނީ ހަމަ އުޅެވޭ ގޮތުން އިނގޭ... އިސްލާހުވޭ... ދެން ރައްޔިތުން ފައިސާތައް ފޮރުވާފައި ހުރި ތަން ބުނޭ ބުރޯ

ގާޒީ

ހެއްވާކަމެއް ނެއް ސަހަލަ އެކެއްވެސް ހަތަރު ލީޑަރުންނޭކިޔާގެން މިއުޅޭ މީހުންނާއި ސިޔާސީ އެހެން ހައްޔަރީން އެމީހުންގެ މައްސަލަ ރިވިޔު ކުރަން ދޫކުރިއިރު އަދީބު ދޫނުކުރީ ކީއްވެ މިއީ ޝައްކުގެ ނަޒަރުން ބެލޭ ސަބަބަކީ! އަދީބުއަށްވެސް އިންސާފު ލިބެންޖެހޭ.