Capt. Raamiz Rasmee Izzathugai Fasdhaanulaifi
image
ކެޕްޓަން ރާމީޒު ރަސްމީ ޢިއްޒަތުގައި ފަސްދާނުލައިފި
0 ކޮމެންޓް
 

ކެޕްޓަން ރާމީޒު ރަސްމީ ޢިއްޒަތުގައި ފަސްދާނުލައިފި

ސިފައިންގެ ޑިއުޓީގައި ހުންނަވަނިކޮށް އިއްޔެ ކުއްލި ގޮތަކަށް އަވަހާރަވި ކެޕްޓަން މުހައްމަދު ރާމިޒުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.
ކެޕްޓަން ރާމިޒު ފަސްދާނުލާފައިވަނީ މިއަދު އަސުރު ނަމާދަށް ފަހުގަ އެވެ. ރާމިޒުގެ މައްޗަށް ކަށުނަމާދުކުރުން އޮތީ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ރާމިޒުގެ ޖަނާޒާގައި ނައިބު ރައީސް ފައިސަލް ނަސީމުއާއި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

ކެޕްޓަން މުޙައްމަދު ރާމިޒް (48 އ) އަވަހާރަވީ އިއްޔެ ހަވީރު އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ މާފިލާފުށީގައި ޕީޓީއަށް ނިކުމެ ދުވަމުންދަނިކޮށް ކުއްލިއަކަށް ވެއްޓިގެންނެވެ. އޭނާ ވެއްޓުމާއެކު ފަރުވާއަށް ޅ ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންދެވުނުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކެޕްޓަން މުޙައްމަދު ރާމިޒް ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 19 އޯގަސްޓް 1995 ގައެވެ. ޚިދުމަތުގެ މުއްދަތުގައި ލިބިލައްވާފައިވާ ޝަރަފުގެ ނިޝަންތަކުގެ ތެރޭގައި ސިފައިންގެ ޚިދުމަތުގެ މެޑަލި، އަޚްލާޤީ މެޑަލި، 17 ވަނަ ސާކް ސަމިޓް މެޑަލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އަޚުލާޤީ ކުލަ 3 ފަހަރަށް ،އިޚްލާޞްތެރި ޚިދުމަތުގެ ކުލަ އަދި ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ.

ކެޕްޓަން މުޙައްމަދު ރާމިޒް ނިޔާވިއިރު ސިފައިންގެ ޚިދުމަތުގައި 23 އަހަރާއި 04 މަހާއި 21 ދުވަސް ހޭދަކުރައްވާފައިވެއެވެ. އަދި ކެޕްޓަން ރާމިޒް ނިޔާވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި ޕޯސްޓިންގ ގައި ރަސްމީ ޑިއުޓީ އަދާކުރައްވަމުން ގެންދަވަނިކޮށެވެ.

ހިޔާލު