Ellaidhoo resort gai lanka meehaku maraalaifi
image
އެއްލައިދޫ ރިސޯޓް
0 ކޮމެންޓް
 

އެއްލައިދޫ ރިސޯޓްގައި ލަންކާ މީހަކު މަރާލައިފި

އެއްލައިދޫ އައިލެންޑް ރިސޯޓުގައި ސްރީލަންކާގެ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކު މަރާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ބިދޭސީން މާރާމާރީ ހިންގާފައިވަނީ މަސްތުގެ ހާލަތުގައި ތިބެގެންނެވެ. ލަންކާ ދެމީހުންގެ ދެމެދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު މަރާލާފައިވާއިރު ފުލުހުން އަންނަނީ މައްސަލަ މިހާރު ބަލަމުންނެވެ.

މިރޭ 21:50 ހާއިރު ހިންގި މި މާރާމާރީގައި މަރުވި ލަންކާ މީހާގެ މެއަށް ވަޅި ޖަހާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލް އަދި ނުލިބެއެވެ.
މާރާމާރީ މަރު
ހިޔާލު