Male gai meehun ulhenee kukulhuha gengulhun manaavaru binkolhugai: Raees nasheed
image
ރައީސް ނަޝީދު މިރޭ ވާހަކަފުޅު ދައްކަވަނީ
3 ކޮމެންޓް
 

މާލޭގައި މީހުން އުޅެނީ ކުކުޅުހާ ގެންގުޅުން މަނާވަރު ބިންކޮޅުގައި: ރައީސް ނަޝީދު

މާލެ ތޮއްޖެހި މާލޭގައި ބައެއް ރައްޔިޔުން އުޅޭ ބިންކޮޅު ނުވަތަ ތަންތަނަކީ އެހެން ގައުމުތަކުގައި ކުކުޅުހާ ގެންގުޅުންވެސް މަނާވަރު ކުދި ބިންކޮޅުތައްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ހުސައިން މުނައްވަރުގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުވަނީ މާލޭގެ ތޮއްޖެހުން އޮތްވަރާއި ތޮއްޖެހުން ފިލުވާލުމަށް ގެންގުޅުއްވާ ތަސައްވުރު ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެހެން ގައުމުތަކުގައި ކުކުޅުހާ ގެންގުޅުން މަނާވަރު ކުދި ބިންކޮޅު ތަކުގައި މާލޭގައި މީހުން ދިރިއުޅެމުން ގެންދާ ކަމަށާއި މާލެ އިތުރަށް ތޮއްޖެއްސުމަކީ މިސްރާބަކަށް ވެގެންވެސް ނުވާނެ ކަމުގައެވެ.

ރާއްޖޭގެ އެހެން ރަށް ތައް ތަރައްޤީ ކުރެވި ޖަޒީރާ ވަންތަ ރާއްޖެއެއް ބިނާ ކުރެވޭނީވެސް މާލޭގެ ތޮއްޖެހުން ކުޑަކުރެވިގެން ކަން ފާހަގަ ކުރައްވާ ރައީސް ނަޝީދުވަނީ އެކަން ކުރުމަށް އެމަނިކުފާނުގެ ސަރުކާރުގައި ފެއްޓެވި ވެށިފަހި މާލެ މަޝްރޫއަށް އަލިއަޅުއްވާ ލައްވާފައެވެ.

މިހާރުވެސް ހިނގަމުންދަނީ 2008 ގެ ވައުދުތައްކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ތިލަފުއްޓާއި ގުޅީފަޅާއި ވިލިނގިއްޔާއި މާލެ އަދި ހުޅުމާލެ ގުޅައިލުން މުހިއްމު ކަމުގައެވެ. އަދި ގިރާވަރު ކަނޑާއި ހަމައަށް ގުޅާލެވޭ މަގެއްގައި މާލޭގެ ތޮއްޖެހުން ފިލުވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެށިފަހި މާލޭގެ މަޝްރޫއުގެ ތެރެއިން މާލޭގެ ތޮއްޖެހުން ފިލުވާލެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައިވަނީ ގުޅީފަޅު ހިއްކާ އެ ފަޅުގައި މީހުން އާބާދުކުރުމަށް ފްލެޓްވެސް އަޅާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު ދެން މިހާތަނަށް އައިސްފައިވާ ސަރުކާރުތަކުން އެ މަޝްރޫއު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ހިޔާލު

މިސްޓަރ އިސްދޫ

ސާބަހޭ ރައީސް ނަސީދު ‘ ތީހަމަ އަޅުގަނޑުމެންގެ ފުލެޓް ދޮންބެ

މިއުޝަމް

ނަސީދު އިސްތިއުފާ ދިނީ، އޭނަ ވެރިކަމަށް ކުފޫ ހަމަނުވާތި ރައްޔިތުންގެ ސަކުވާ އަޑުއަހަން ނުކެރިގެން އިސްތިއުފާ ދިނީ ލޮލް،

އަހްމަދު މުހައްމަދުނއފ

ހިތްތަކުގެ ރައީސް ހިތްތަކާ ކުޅުއްވަން ހަމަ މޮޅީ