Riyaz thimarafushi dhaaira ah gadhahifumakah
image
ރިޔާޒް މަޖިލިސް ޖަލްސާއެއްގައި: ފައިލް ފޮޓޯ
0 ކޮމެންޓް
 

ރިޔާޒު ތިމަރަފުށީ ދާއިރާއަށް ގަދަހިފުމަކަށް

ކިނބިދޫ ރާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު، މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިމަރަފުށީ ދާއިރާއަށް ކުރިމަތި ލެއްވުމަށް ނިންމަވައިފިއެވެ.
ރިޔާޒަކީ ތިމަރަފުށީ ބޭފުޅެކެވެ. ތިމަރަފުށީ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމެވިކަން ރިޔާޒު ހާމަކުރެއްވީ މިއަދު ކުރެއްވި ޓްވިޓެއްގައެވެ.
ތިމަރަފުށީ ދާއިރާގައި ދެން ހިމެނެނީ ވޭމަންޑޫއެވެ.

އަބްދުﷲ ރިޔާޒަކީ ޖުމްހޫރީ ޕާޓީގެ އިތުރުން ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕްގެ ޕީޖީ ލީޑަރެވެ.

ރިޔާޒު ތިމަރަފުށީ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމެވިއިރު އެ ދާއިރާއަކީ އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ދާއިރާއެކެވެ. ނަމަވެސް އެމްޑީޕީން އެ ދާއިރާއަށް ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅިގެންދާނީ އެޕާޓީގެ ޕްރައިމަރީއަށް ފަހުގައެވެ.
ހިޔާލު