Emme bodu aamdhanee eh libey minister akah aslam, emme kuda aamdhanee eh nahula ah
image
މިނިސްޓަރު އަސްލަމް އަދި މިނިސްޓަރު ނަހުލާ
0 ކޮމެންޓް
 

އެންމެ ބޮޑު އާމްދަނީއެއް ލިބޭ މިނިސްޓަރަކަށް އަސްލަމް، އެންމެ ކުޑަ އާމްދަނީ ނަހުލާއަށް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި ނައިބު ރައީސް ފައިސަލް ނަޝީމުގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި ބައެއް ވެރިންގެ މާލީ ބަޔާންތައް ރޭ އާއްމު ކުރައްވާފައިވާއިރު ވަޒީރުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އަށް ލިބިލިވަޑައިގެންނެވިއިރު އެންމެ ކުޑަ އާމްދަނީއެއް ލިބިވަޑައިގެންނެވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާއަށްކަން މާލީ ބަޔާންތަކުން ހާމަވެއްޖެއެވެ.
މާލީ ބަޔާނުގައި އާމްދަނީގެ މިންގަނޑު ބަލާފައިވަނީ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިއަށް ހަމަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ލިބިވަޑައިގެންނެވި އާމްދަނީއެވެ.

އެގޮތުން މިނިސްޓަރު އަސްލަމްއަށް އެ މުއްދަތުގައި 3.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންނެވި އިރު ނަހުލާއަށް އެމުއްދަތުގައި ލިބިވަޑައިގެންފައިވަނީ ޖުމްލަ 2443.40 ރުފިޔާއެވެ. އަސްލަމްއަށް 3.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންފައިވަނީ ވިޔަފާރީގެ ފައިދާއިންނެވެ. ނަހުލާއަށް 2443.40 ރުފިޔާ ލިބިވަޑައިގެންފައިވަނީ އެސްޓީއޯގެ ހިއްސާގެ ފައިދާއިންނެވެ.

އެންމެ ކުޑަ އާމްދަނީއެއް ލިބިވަޑައިގެންނެވި ވަޒީރަކަށް ނަހުލާ ވެވަޑައިގެންނެވި ނަމަވެސް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އަށް މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަ މަސްދުވަހުގެ މުއްދަތުގައި އެއްވެސް އާމްދަނީއެއް ލިބިވަޑައިގެންފައެއް ނުވެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ޖަލަށް ލުމަށްފަހު ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ބަލިވެވަޑައިގެންނެވި އިރުވެސް އިމްރާން ގެންދެވީ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

ރައީސް އާއި ނައިބު ރައީސް އަދި ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ މާލީ ބަޔާން ތައްޔާރު ކުރުމުގައި ބަލާފައިވަނީ ތިން ދާއިރާއަކަށެވެ. އެއީ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަ މަސްދުވަހުގެ މުއްދަތުގައި ލިބިވަޑައިގެންނެވި އާމްދަނީއާއި މިލްކިއްޔާތުގައި ހުރި މުދަލާ އަދި ދަރަންޏެވެ.

މިދާއިރާތަކަށް ބަލާފައިވާ ވަޒީރުންގެ މާލީ ބަޔާނުގެ ތަފްސީލުތައް ތިރީގައި އެވަނީއެވެ:

1. ނަމާއި މަޤާމް: އަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
މުސާރަ: 354،000 ރުފިޔާ
އެލަވަންސް: 120،000 ރުފިޔާ
ވިޔަފާރީގެ ފައިދާ: 2،251،000 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ:
ހ. ރަބީޢީ މަންޒިލް
56 ޕާކް ރޯޑް / އިނރިރޭސިވިލާތް
1 މަޒްޑާ ޑެމިއޯ ކާރު

4. ދަރަނި: (ނެތް)

1. ނަމާއި މަޤާމް: މާރިޔާ އަހުމަދު ދީދީ، މިނިސްޓަރ އޮފް ޑިފެންސް

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
މުސާރައާއި ކުލި: 844،710 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ:
ގ އޮއެނާށި އާއި ގޯތީގައިވާ އިމާރާތް
ވިޝް، ލ ގަން ގޯއްޗާއި ގޯތީގައިވާ އިމާރާތް
ދޮންހިޔަލަ ޕްރައިވެޓް ލިމިޓެޑް 57% ހިއްސާ
ގ އޮއެނާށި ގޭގައި ކުއްޔަށް ދިނުމުގެ ބޭނުމުގައި ހަދާފައިވާ ފިހާރައާއި އެޕާޓްމަންޓް

4. ދަރަނި: (ނެތް)

1. ނަމާއި މަޤާމް: އިބްރާހިމް އަމީރު، މިނިސްޓަރ އޮފް ފިނޭންސް

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
މުސާރަ: 188،892.67 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ:
1 މޮޓޯ ސައިކަލު (51،650 ރުފިޔާ)

4. ދަރަނި: ބީއެމްއެލް ލޯނު 84،065.33 ރުފިޔާ

1. ނަމާއި މަޤާމް: މުހައްމަދު އަސްލަމް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރ

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
ވިޔަފާރި ފައިދާ (ޕާޓްނަރޝިޕް) 3،115،958.43 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ: (ނެތް)

4. ދަރަނި:
އެޗްޑީއެފްސީ ފޯނު (ދެވަނަ ފަރާތެއްގެ ގޮތުން) 2،400،000 ރުފިޔާ
އެޗްޑީއެފްސީ ފޯނު (ދެވަނަ ފަރާތެއްގެ ގޮތުން) 1،200،000 ރުފިޔާ
އެޗްޑީއެފްސީ ފޯނު (ދެވަނަ ފަރާތެއްގެ ގޮތުން) 104،340 ރުފިޔާ


1. ނަމާއި މަޤާމް: ޑރ އިބްރާހިމް ހަސަން، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
ގޭގެ ކުލި: 390،000 ރުފިޔާ
ކޮންސަލްޓަންސީ: 2،331.93 ޑޮލަރު
ހިއްސާގެ ފައިސާ، ދިރާގު 298 ރުފިޔާ
ހިއްސާގެ ފައިދާ ބީއެލްއެލް: 550 ރުފިޔާ
ހިއްސާގެ ފައިދާ އެސްޓީއޯ: 550 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ:
މ. އިހަލަ ބަންޑާރަ ގޯތި
1 ސައިކަލު (56،008.50 ރުފިޔާ)

4. ދަރަނި: (ނެތް)

1. ނަމާއި މަޤާމް: މުހައްމަދު މަލީހު ޖަމާލް، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
މުސާރައާއި އިނާޔަތް އަދި ވިޔަފާރީގެ ފައިދާ: 720،000 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ:
ހިތާ ބީޗް މޯލްޑިވްސް (3،000،000 ރުފިޔާ)
ކާފު މާޓް (800،000 ރުފިޔާ)
ހިއްސާ އެމްޓީޑީސީ (16،500 ރުފިޔާ)

4. ދަރަނި: ލޯން، އެމްއައިބީ 5،662،714.32 ރުފިޔާ

1. ނަމާއި މަޤާމް: އބްދުﷲ އަމީން، މިނިސްޓަރ އޮފް ހެލްތް

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
މުސާރަ: 390،000 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ: (ނެތް)
4. ދަރަނި:
ހައުސިންގ ފެސިލިޓީ، އެމްއައިބީ 5،586،883.84 ރުފިޔާ

1. ނަމާއި މަޤާމް: ޑރ ޢާއިޝަތު ޢަލީ، މިނިސްޓަރ އޮފް އެޑިއުކޭޝަން

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
މުސާރަ: 126،000 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ: (ނެތް)
4. ދަރަނި: (ނެތް)

1. ނަމާއި މަޤާމް: ޢާއިޝަތު ނަހުލާ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
ހިއްސާގެ ފައިދާ، އެސްޓީއޯ: 2،443.40 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ: (ނެތް)
4. ދަރަނި: (ނެތް)

1. ނަމާއި މަޤާމް: ޔުމްނާ މައުމޫނު، މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
ފިހާރައިގެ ކުލި: 210،000 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ:
1/29 ނަމްބަރު ފިހާރަ، ޗާންދަނީ މަގު
ލިބާސް ޕްރައިވެޓް ލިމިޓެޑް
ޑަބަލް ސްޕޭސް ޕްރައިވެޓް ލިމިޓެޑް

4. ދަރަނި:
1/29 ނަމްބަރު ފިހާރައިގެ ކުއްޔާއި ގުޅިގެން ސިވިލްކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެން ދައްކަންޖެހޭ 533،544.58 ރުފިޔާ. ހައިކޯޓްގައި އިސްތިއުނާފް ކުރުމުން ހުކުމް ތަންފީޒް ކުރުން ފަސްކުރެވިފައި

1. ނަމާއި މަޤާމް: އަލީ ވަހީދު، މިނިސްޓަރ އޮފް ޓްއަރިޒަމް

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
ކުލި: 150،000 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ:
ހުޅުމާލެ ލޮޓް 11052 (5،400،000 ރުފިޔާ)
4. ދަރަނި: (ނެތް)

1. ނަމާއި މަޤާމް: ޔައްޔާޟް އިސްމާޢީލް، މިނިސްޓަރ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
މުސާރަ: 457،150 ރުފިޔާ
ކޮންސަންޓަންސީ ފީ: 396،508 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ:
ރެއިންބޯ ރަނަރ - ބޯޓް
ސަދާން ސީސްޒް ޕވޓ، ލޓޑ 25% ހިއްސާ
ހަބޭސް ޕވޓ ލޓޑ
ލަގްޒަރީ ޕްރަޕަޓީ ޕވޓ ލޓޑ
މޯލްޑިވްސް ޔެލޯ ޕޭޖަސް ޕވޓ ލޓޑ
ޕްރެސްޓިޖް އިންޓަނޭޝަނަލް ޕވޓ ލޓޑ

4. ދަރަނި:
ލޯނު އެމްއައިބީ: 55،655.15 ރުފިޔާ

1. ނަމާއި މަޤާމް: ޒަހާ ވަހީދު، މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
މުސާރަ: 240،000 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ: (ނެތް)
4. ދަރަނި: (ނެތް)

1. ނަމާއި މަޤާމް: ޑރ އަހުމަދު ޒާހިރު އަލީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
މުސާރަ: 190،080.08 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ: ހުޅުމާލެ ފްލެޓް (431،077.89 ރުފިޔާ)

4. ދަރަނި:
ބީއެމްއެލް ލޯނު: 356،565.57 ރުފިޔާ

1. ނަމާއި މަޤާމް: އާމިނަތު އާތިފާ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
ލިވިންގ އެލަވަންސް: 90،000 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ: (ނެތް)
4. ދަރަނި:(ނެތް)

1. ނަމާއި މަޤާމް: އަހުމަދު މަހްލޫފް، މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
މުސާރަ: 422،923.49 ރުފިޔާ
އެހެނިހެން: 75،000 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ:
1 މޮޓޯ ސައިކަލް 85،000 ރުފިޔާ

4. ދަރަނި: (ނެތް)

1. ނަމާއި މަޤާމް: ޝިދާތާ ޝަރީފް، މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
މުސާރަ: 114،000 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ: (ނެތް)
4. ދަރަނި: (ނެތް)

1. ނަމާއި މަޤާމް: ޑރ ހުސައިން ރަޝީދު ހަސަން، މިނިސްޓަރ އޮފް އެންވަޔަރމަންޓް

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
މުސާރަ: 60،000 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ:
1 މޮޓޯ ސައިކަލް (ހޮންޑާ) 10،000 ރުފިޔާ
1 މޮޓޯ ސައިކަލް (އެޕީލިއާ) 25،000 ރުފިޔާ

4. ދަރަނި:
ކްރެޑިޓް ކާޑް، ބީއެމްއެލް 2،664.70 ޑޮލަރު

1. ނަމާއި މަޤާމް: އައްޝައިޚް އިމްރާން އަބްދުﷲ، މިނިސްޓަރ އޮފް ހޯމް އެފެއާޒް

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ: (ނެތް)

3. މިލްކިއްޔާތުގައި ހުރި މުދާ:
1 އެޕާޓްމަންޓް އަމީން އެވެނިއު: 2،500،00 ރުފިޔާ
1 މޮޓޯ ސައިކަލް: 50،000 ރުފިޔާ

4. ދަރަނި: (ނެތް)

1. ނަމާއި މަޤާމް: އިބްރާހިމް ރިފްޢަތު، އެޓާރނީ ޖެނެރަލް

2. މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހަމަސްދުވަހުގެ މުއްދަތުގެ އާމްދަނީ:
މުސާރަ / އެޓާނީ ފީ: 339،787.42 ރުފިޔާ
ހިއްސާގެ ފައިދާ ދިރާގު: 2،925.50 ރުފިޔާ
ހިއްސާގެ ފައިދާ: އެސްޓީއޯ: 5،500 ރުފިޔާ

3. މިލްކިއްޔާތުގައި ހުރި މުދާ:
1 ސައިކަލް: 35،000 ރުފިޔާ
1 ސައިކަލް: 51،650 ރުފިޔާ
އެމްޓީޑީސީގެ 11،000 ހިއްސާ (110،000 ރުފިޔާ)
ދިރާގު 250 ހިއްސާ: (625 ރުފިޔާ)
އެސްޓީއޯގެ 100 ހިއްސާ (5000 ރުފިޔާ)
ބީއެމްއެލްގެ 70 ހިއްސާ (3500 ރުފިޔާ)
4. ދަރަނި: (ނެތް)

މީގެ އިތުރުން ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމުގެ ހަ މަސްކުރީގެ މުއްދަތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއަށް މުސާރަ އާއި އިނާޔަތުގެ ގޮތުހައި ޖުމްލަ 1.532،680 ރުފިޔާ ލިބިވަޑައިގެންނެވި އިރު މިލްކިއްޔާތުގައި ހުރި މުދަލަކީ ޅ ހިންނަވަރު ނޫރާނީ ކިޔާ ބަންޑާރަ ގޯއްޗެއް އެކަންޏެވެ.

މި މުއްދަތުގައި ނައިބި ރައީސް ފައިސަލް ނަސީމުއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 1،700،000 މިލިއަން ރުފިޔާ ލިބިވަޑައިގެންނެވި ވެއެވެ.

މީގެ އިތުރުން ނައިބު ރައީސް ފައިސަލްގެ މިލްކިއްޔާތުގައި، ޏ ފުވައްމުލަކު މިލޭނިއަމް ކިޔާ ބަންޑާރަ ގޯއްޗެއް އޮތް އިރު އެ ގޯތީގެ އަގަކީ 10.5 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ހުޅުމާލެ ވަން އެވެނިއު އިން 6.2 މިލިއަން ރުފިޔާގެ އަގުހުރި ދެ ފްލެޓައި، ފަސް ލައްކަ ރުފިޔާގެ ދެ ކާރާއި، 270000 ރުފިޔާގެ ހަ މޮޓޯ ސައިކަލުވެސް ނައިބު ރައީސް ފައިސަލްގެ މިލްކިޔާތުގައި ވާކަމަށް މާލީ ބަޔާނުން ދައްކައެވެ.
ހިޔާލު