Helmet majboorukuran ninmumun WHO in maruhaba kiyaifi
image
ސިނަމާލެ ބްރިޖް
0 ކޮމެންޓް
 

ހެލްމެޓް މަޖުބޫރުކުރަން ނިންމުމުން ޑަބްލިއުއެޗްއޯ އިން މަރުހަބާ ކިޔައިފި

ސިނަމާލެ ބްރުޖާއި ހައިވޭގައި ހެލްމެޓް މަޖުބޫރުކުރަން ނިންމުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރާއްޖޭ އޮފީހުން މަރުހަބާ ކިޔައިފިއެވެ. dhi2
އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް މަޖުބޫރު ކުރަން ނިންމުމުން ޑަބްލިއުއެޗްއޯގެ ރާއްޖޭ އޮފީހުން އެކަމަށް މަރުހަބާކިޔާ ކުރި ޓްވިޓެއްގައި ބުނެފައިވަނީ ހެލްމެޓް އެޅުމުން ބޮލަށް ބޮޑެތި ގެއްލުންތައް ލިބުން 70 އިންސައްތަ ކުޑަކުރެވޭކަމަށާއި އެފަދަ ހަލަތްތަކުގައި މަރުވާ މީހުންގެ އަދަދުވެސް 40 އިންސައްތަ ދަށް ކުރެވޭ ކަމުގައެވެ.

މީގެ އިތުރުން އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ ދެބައިކުޅަ އެއްބަޔަކީ ހިނގާ މީހުންނާއި ސައިކަލު ދުއްވާ މީހުންކަމަށްވެސް ޑަބްލިއުއެޗްއޯގެ ރާއްޖޭ އޮފީހުން ބުނެފައި ވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ފަހުން ހެލްމެޓް ނާޅާ ބުރިޖު މަތިން ސައިކަލުގައި ދަތުރު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ހިޔާލު