Suood Hunnevee Rilwanah Veegotheh Egeynekamuge Furihama Ithubaarugai
image
0 ކޮމެންޓް
 

ސުއޫދު ހުންނެވީ ރިލްވާނަށް ވީ ގޮތެއް އެގޭނެ ކަމުގެ ފުރިހަމަ އިތުބާރުގައި

މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ހުސުނުއް ސުއޫދު ހުންނެވީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ވީގޮތެއް އެގޭނެކަމުގެ ފުރިހަމަ އިތުބާރުގައި ކަމަށް ސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރައްވަމުން ގެންދަވާ މަސައްކަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، 19 އޮގަސްޓް 2014 ވަނަ އަހަރު ބޭއްވުނު އެއްވުމުގައި ކުރެވުނު ހުރިހާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.


ސުއޫދު އިޝާރާތް ކުރައްވާ އެއްވުމަކީ ނޫސްވެރިޔާ ރިލްވާނަށް ވީގޮތެއް ހޯދައިދިނުމަށް އޭރުގެ ސަރުކާރަށް ގޮވާލައި ބޭއްވި އެއްވުމެކެވެ. ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސްވެރިން ކުރީގައި ތިއްބަވައިގެން ބޭއްވި އެ އެއްވުމުގައި ރިލްވާނު ގެއްލުވާލި މައްސަލަ ތަހްގީގު ކުރުމަށާއި، އެ މައްސަލައާއި ގުޅިގެން ހުޅުމާލެއިން ދުރަށް ތަހްގީގު ގެންދަނީ ކީއްވެގެންތޯ ވަނީ ސުވާލުކޮށްފައެވެ.

ސުއޫދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަރުގެ މައްސަލަތައް ބެލުމަށް އެކުލަވާލީ މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް އެވެ. އެ ކޮމިޝަނުން ރިލްވާނުގެ މައްސަލާގެ އިތުރަށް ޑރ.އަފްރާޝީމް އަލީގެ މައްސަލައާއި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލަވެސް އަންނަނީ ތަހްގީގު ކުރަމުންނެވެ.

އެކޮމިޝަނުން ވަނީ ތަހްގީގަށް ބޭނުންހިފިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ނަމަ އެ މައުލޫމާތެއް ކޮމިޝަނާއި ހިއްސާކޮށްދިނުމަށް އެދިފައެވެ.
ސުއޫދު
ހިޔާލު