Bandubodu kamah Dhehki Vaahaka Nargis Dhogu Koffi
image
ނަރްގިސް ފަހްރީ---
0 ކޮމެންޓް
 

ބަނޑުބޮޑު ކަމަށް ދެއްކި ވާހަކަ ނަރްގިސް ދޮގުކޮށްފި

ބަނޑުބޮޑު ކަމަށް ދެއްކި ވާހަކަ ބޮލީވުޑްގެ އެކްޓްރެސް ނަރްގިސް ފަހްރީ ދޮގުކޮށްފިއެވެ.
ދާދި ފަހަކުން އިންޑިއާގެ ނޫހަކުން ވަނީ ނަރްގިސް އޭނާގެ ލޯބިވެރިޔާ މެޓް އަލޮންޒޯގެ ދަރިއަކަށް ބަނޑުބޮޑު ކަމަށް ހަބަރުތައް ފަތުރާފައެވެ. އެހަބަރުތަކުގައި ބުނާގޮތުުން ނަރްގިސް ކުރިއަށް އޮތް ފިލްމުގެ ސެޓު ތެރެއިން އިރުކޮޅަކާ އަރާމުކުރާ ކަމަށާއި އަދި ވަރަށް ގިނަ އިން ހޮޑުލާ ކަމަށްވެސް ވަނީ ބުނެފައެވެ.

އޭގެ އިތުރުން ސެޓު ތެރޭ އުޅޭއިރު އެތާ މަސައްކަތް ކުރާ މީހުންނާ ދޭތެރޭ ވެސް ބައެއް ފަހަރު ވަރަށް ރުޅިވެރިކޮށް ކަންތައް ކުރާކަމަށް ވެސް ހަބަރުތަކުގައި ވެއެވެ.

އެހަބަރުތައް ދޮގުކޮށް ނަރްގިސް ބުނީ އެ ހަބަރު ލިޔުނު ރިޕޯޓަރު އެހަދަނީ ދޮގެއް ކަމަށެވެ. އަދި އޭނާ އަށް ބައްޔަޔަކަށް ފަރުވާކުރަމުން ދާކަމަށާއި ހަބަރެއް ޕަބްލިޝް ކުރުމުގެ ކުރިން އޭގެ ތެދު ދޮގު ބެލުމަށް ފަހު ޕަބްލިޝް ކުރުމަށް ވަނީ ބުނެފައެވެ.

އެވެބްސައިޓުގައި އިން އެހަބަރު މިހާރު ނަގާފައިވާއިރު ގިނަ ބަޔަކު ވަނީ ނަރްގިސް އަށް ތާއީދު ކޮށްފައެވެ. ނަރްގިސް އެންމެ ފަހުން ފެނިގެންދިޔައީ '5 ވެޑިން' އިންނެވެ. އޭނާ ދެން ފެނިގެންދާނީ ބިރުވެރި ފިލްމު އަމާވަސް އިންނެވެ. އެފިލްމު ނެރެނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.
ނަރްގިސް ފަހްރީ
ހިޔާލު