Rakesh Hospital in Dhookohlaifi
image
ރިތިކް ހިއްސާކުރި ފޮޓޯއެއް---
0 ކޮމެންޓް
 

ރާކޭޝް ހޮސްޕިޓަލުން ދޫކޮށްލައިފި

ކެންސަރު ބަލީގެ ޝިކާރައަކަށްވި ބޮލީވުޑު ކާމިޔާބު އެކްޓަރު ރިތިކް ރޯޝަންގެ ބައްޕަ އަދި ކުރީގެ އެކްޓަރު، ޕްރޮޑިއުސަރު، ރާކޭޝް ރޯޝަން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
އިންސްޓާގުރާމު މެދުވެރިކޮށް ރިތިކް މިދިޔަ ހޯމަ ދުވަހު ރާކޭޝްގެ ބަލިހާލަތު ހާމަކޮށްފައިވާއިރު ރާކޭޝްއަށް ކެންސަރު ޖެހިފައިވަނީ ކަރަށް ކަމަށް ރިިތިކް ވަނީ ބުނެފައެވެ. އަދި ރާކޭޝް އެ ކުރިމަތިލީ ކެންސަރުގެ އެންމެ ފުރަތަމަ ސުޓޭޖުކަމަށް ރިތިކު ވަނީ ބުނެފައެވެ.

ސާޖަރީ ހެދުމަށް ހޯމަދުވަހު ރާކޭޝް އެޑުމިޓުކޮށްފައިވާއިރު އިއްޔެ ރާކޭޝް ދޫކޮށްލާފި ކަމަށް ރިތިކް ވަނީ ބުނެފައެވެ. ޓުވިޓާ މެދުވެރިކޮށް ރިތިކް އެކަން ހާމަކޮށްފައިވާއިރު އޭނާ ވަނީ ހޮސްޕިޓަލުން ނިކުންނަނިކޮށް ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ.


އެފޮޓޯއިން ރިތިކް އާއި އޭނާ ބައްޕަ ރާކޭޝް، މަންމަ ޕިންކީ އަދި ދެބެންގެދެދަރި އެޝާން ރޯޝަން ފެނިގެންދެއެވެ. އެ ޕޯސްޓުގެ އިތުރުން އޭނާ ވަނީ ބައްޕަ ރާކޭޝްގެ ހާލު ރަނގަޅު ކަމަށް ވެސް ބުނެފައެވެ.

ރާކޭޝް ވަނީ ރިތިކްގެ ގިނަ ފިލްމުތައް ޑައިރެކްޓު އަދި ޕްރޮޑިއުސް ވެސް ކޮށްފައެވެ. އޭގެ ތެރޭގައި ކޮއި މިލް ގަޔާ، ކަހޯނާ ޕިޔާރު ހޭ، ކްރިޝް، ކައިޓް، ކްރިޝް 3، ކާބިލް، އަދި ކްރިޝް 4 ހިމެނެއެވެ.

ރާކޭޝްގެ އިތުރުން އަޔުޝްމަން ކުރާނާގެ އަންހެނުން ތަހީރާ އަދި ބަތަލާ ސޮނާލީ ބެންޑްރޭ އަށް ވެސް ވަނީ ކެންސަރު ބަލީޖެހިފައެވެ. މީގެ ކުރިން ވަނީ މަނީޝާ ކޮއިރަލާ އަދި ލީޒާ ރޭ ވެސް ވަނީ ކެންސަރު ބަލި ޖެހި އޭގެ ފަރުވާ ހޯދާފައެވެ. އަދި އެކްޓަރު އިރްފާން ހާން ވެސް ވަނީ އިނގިރޭސިވިލާތަށް ފަރުވާ ހޯދަމަށް ގޮސްފައެވެ.
ހިޔާލު