Reethi Beach Resort gai Alifaanuge Haadhisaaeh Higaifi
image
ރީތި ބީޗް ރިސޯޓު--- ފޮޓޯ:ސޯޝަލް މީޑިއާ.
0 ކޮމެންޓް
 

ރީތި ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ބ. އަތޮޅުގައި ހިންގާ ރީތި ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި އެއަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރިސޯޓުގެ އިންޖީނު ގޭގައާއި ވޯކްޝޮޕުގައެވެ. އެހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު 11:00 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެގޮތުން ރިސޯޓުގެ ފަޔާ ޓީމުން ކުރި މަސައްކަތުން މިހާރު ވަނީ އެއަލިފާން ކޮންޓުރޯލު ކުރެވިފައި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެހާދިސާގައި އެކަކަށް ވެސް އަނިޔާ ވެފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އިންޖީނު ގޭގައި އަލިފާން ރޯވުމުގެ ސަބަބުން މުޅި ރަށުން ވަނީ ކަރަންޓު ގޮސްފައެވެ. އަދި ހުރިހާ ގެސްޓު ވެސް ރިސޯޓުގެ މެއިން ބާއަށް ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.


ފޮޓޯ:ސޯޝަލް މީޑިއާ---


ފޮޓޯ:ސޯޝަލް މީޑިއާ---

އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު ރޭ ގިލި ލަންކަންފުށީގައި ވެސް ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައެވެ. އެހާދިސާގައި އެ ރިސޯޓްގެ ހަތް ކޮޓަރި އާއި މައި ރެސްޓޯރެންޓާއި ބަދިގެ ވެސް ވަނީ އެއްކޮށް އަނދައިފަ އެވެ.
ހިޔާލު