Actor Kishore Maruvejje
image
ކިޝޯރު ޕްރަދަން---
0 ކޮމެންޓް
 

އެކްޓަރު ކިޝޯރު މަރުވެއްޖެ

ޖަބް ވީ މެޓް އިން ފެނިގެންދިޔަ ބޮލީވުޑު އެކްޓަރު ކިޝޯރު ޕްރަދަން މަރުވެއްޖެއެވެ.
އުމުރުން 86 އަހަރުގެ ކިޝޯރު މަރުވެފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ހާމަކޮށްފައިނުވާއިރު އޭނާ މަރުވީ ކޮން އިރަކު ކަމެއް ވެސް އެނގިފައެއް ނުވެއެވެ. ނަމަވެސް އޭނާ މިދިޔަ ދުވަސްކޮޅު އުޅުނީ ބަލިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޅި އިންޑަސްޓުރީ އަށް ޝޮކެއް ލިބިފައިވާއިރު މިހާރު އަންނަނީ ކިޝޯރުގެ ޖަނާޒާގެ ކަންތައްތަކަށް ތައްޔާރު ވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަބް ވީ މެޓްގެ އިތުރުން ކިޝޯރު ވަނީ ލަގޭ ރަހޯ މުންނާ ބާއީ އިން ވެސް ފެނިފައެވެ. 100 އަށް ވުރެ ގިނަ މަރާޓީ ފިލްމު އޭނާ ކުޅެފައިވާއިރު 18 އިނގިރޭސި ފިލްމެއްގައި ވެސް ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ އިތުރުން ކިޝޯރު ވަނީ ސީއައިޑީ އިން ވެސް ފެނިފައެވެ.
ހިޔާލު