Goi Neygey Gothakah Hulhumalegai Zuvaanaku Maruvi Massala Balanee
image
0 ކޮމެންޓް
 

ގޮތް ނޭނގޭ ގޮތަކަށް ހުޅުމާލޭގައި ޒުވާނަކު މަރުވި މައްސަލަ ބަލަނީ

ހުޅުމާލޭގައި ގޮތް ނޭނގޭ ގޮތަކަށް ޒުވާނަކު މަރުވި މައްސަލަ ފުލުހުން ތަހްގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ރޭ 0930 ހާއިރު ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލް ޒުވާން އަންހެން ކުއްޖެއްގެ މަރުގެ މައްސަލަ ރިޕޯޓްކޮށްގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ހުޅުމާލޭގައި މަރުވެފައި ވަނީ އަމީން އެވެނިއުގައި ދިރިއުޅެމުން އަންނަ ހުޅުމާލޭ މުރަކަ 7، އާއިޝަތު ވިޝާމާ، 27 އެވެ. އެހެން ނަމަވެސް އޭނާ މަރުވި ގޮތެއް ސާފުވާގޮތރް ވަނީ ނުވެފައެވެ. މި ޒުވާނާ ވަޅުލަން ހަމަޖެހިފައި ވަނީ މިރޭ މައުރިބް ނަމާދަށްފަހު ހުޅުމާލޭ ސަހަރާގައެވެ.

"ބޭރު ފުށުން އެއްވެސް އެއްވެސް އަނިޔާއެއް ނެތް. އެ މައްސަލަ ތަހްގީގު ކުރަމުން އަންނަނީ" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސީއެންއެމަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ޒުވާނާއަކީ ހދ.ނައިވާދޫ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ނައިވާދޫ ކައުންސިލްގެ ރައީސް އަހްމަދު ފާއިޒު ވިދާޅުވީ އެ ޒުވާނާގެ މުޅި އާއިލާވެސް އުޅެމުން އަންނަނީ މާލޭގައި ކަމުން އެކަމާބެހޭ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
މަރު
ހިޔާލު