Luckyhiyage 281 Flat Vikkan Fashanee
image
ލަކީހިޔާ ފުލެޓްގެ ކުރެހުމެއް...
1 ކޮމެންޓް
 

ލަކީހިޔާގެ 281 ފުލެޓް ވިއްކަން ފަށަނީ

ލަކީހިޔާ ކޮންސްޓްރަކްޝަންއިން ހުޅުމާލޭ ފޭސް 2 ގައި އިމާރާތް ކުރަން ނިންމާފައިވާ 281 ފުލެޓްގެ މަސައްކަތް މާދަމާ ފަށައި ފުލެޓްތައް ވިއްކަން އެކުންފުނިން ނިންމައިފިއެވެ.
ލަކީހިޔާއިން ހުޅުމާލެ ފޭސް ދޭއްގައި އަޅާ 'ލަކީ ހިޔާ ކޮންޑަމީނިއަމް'ގެ މަސައްކަތް މާދަމާ މާބަލް ހޮޓެލްގައި އިފްތިތާހް ކުރަން ނިންމާފައިވާއިރު، ހޯމަ ދުވަހުން ފެށިގެން ފުލެޓްތަކަށް މާބަލް ހޮޓެލްގައި ބުކިން ހެދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ލަކީ ހިޔާ ހަސަން ވަހީދު ވިދާޅުވީ އެކުންފުނިން އަޅާ ފުލެޓްތަކުގެ ކުރެހުން ނިމި ނަގަންޖެހޭ ހުރިހާ ހުއްދައެއް މިހާރު ލިބިފައިވާ ކަމަށާއި، ޕްލޭނާއި އެއްގޮތައް މަސައްކަތް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ލަކީހިޔާއިން ބުނީ އެ ފުލެޓްތަކުގެ ބައެއް ފުލެޓްތައް ވިއްކަން ހަމަޖައްސާފައި ވަނީ 20 އިންސައްތަ އަގުހެޔޮކޮށް ކަމަށެވެ. ލަކީހިޔާގެ 15 ބުރީގެ މި ފުލެޓްގައި ފަސް ލިފްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ލަކީހިޔާގެ މި މަޝްރޫއު މާދަމާ އިފްތިތާހް ކުރަން ހަމަޖެހިފައިވާއިރު، މި ކޮންޑަމީނިއަމްގައި 22 ވައްތަރެއްގެ ފުލެޓް ހުންނާނެ ކަމަށް ލަކީހިޔާއިން ބުނެއެވެ. އޭގެ ތެރޭގައި އެއްކޮޓަރީގެ ފުލެޓާއި 3 ކޮޓަރީގެ ޖާގަ ތަނަވަސް ފުލެޓްވެސް ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ލަގްޒަރީކޮށް ތައްޔާރު ކުރެވޭ މި ފުލެޓްތައް އެއް މިލިއަން ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާއި ދެމެދުގެ އަގަކަސް ގަންނަން ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އަންނަ ހޯމަ ދުވަހު ފުލެޓްތައް ބުކް ކުރެވޭއިރު ބުކިން ފީއެއްގެ ގޮތުގައި 50000 ރުފިޔާ ދައްކަން ޖެހެއެވެ. އެއަށްފަހު ބޭންކް ނުވަތަ ލީސިންގް ކުންފުންޏެއް މެދުވެރިކޮށް ފުލެޓް ގަނެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ފްލެޓް
ހިޔާލު

ނަޒީރާ

ސީލައިފްކިޔާ ބަޔަކުވެސް މިފަދަކުރެހުންތަކެއް ދެއްކުމަށްފަހު ވަރަށްގިނަބަޔަކުއަތުން ފައިސާނަގާފަވީ، އަދިވެސްފްލެޓްއަޅާން ބުނިތަންއޮތީހުސްކޮށް. ކުޑަމިނުން ފާރުބުރިއެއްހާވަރުވެސްނެތް.