Midhiya aharuge emme ginain service charge libunee Randhelin
image
ރަންދެލި ރިސޯޓް: އެ ތަނުގެ މުވައްޒަފުންނަށް މަހަކު އާންމުކޮށް 20 ހާހަށް ވުރެ ބޮޑު ސާވިސް ޗާޖެއް ލިބުނު.
2 ކޮމެންޓް
 

މިދިޔަ އަހަރު އެންމެ ގިނައިން ސާވިސް ޗާޖް ދިނީ ރަންދެލިން

މިދިޔަ އަހަރު ނިމުނު އިރު އެވްރެޖު ގޮތެއްގައި އެންމެ ބޮޑު ސާވިސް ޗާދެއް ލިބުނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖޭގެ ރިސޯތުތަކުގެ ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރާ "މޯލްޑިވްސް ސާވިސް ޗާޖް" ވެބްސައިޓުގައި ބުނެފައިވާ ގޮތުން، މިދިޔަ އަހަރު ރަންދެލީގައި މަސައްކަތް ކުރި މުވައްޒަފުންނަށް އެވްރެޖު ގޮތެއްގައި މަހަކު 1،343.62 ޑޮލަރު (20،718.62ރ.) ސާވިސް ޗާޖުގެ ގޮތުގައި ލިބިފައި ވެއެވެ.

ނ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިދިޔަ އަހަރު އެންމެ ގިނައިން ސާވިސް ޗާޖު ލިބުނު އިރު، މި ލިސްޓުގެ ދެ ވަނާގައި އޮތީ އެ އަތޮޅުގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑެވެ. އެގޮތުން މަތީ ފެންވަރުގެ، ހިތްގައިމު ވެލާފައި މަސައްކަތް ކުރި މުވައްޒަފުންނަށް އާންމު ގޮތެއްގައި މަހަކު 1،101.59 ޑޮލަރު (16،986.52ރ.) ސާވިސް ޗާޖުގެ ގޮތުގައި ލިބިފައި ވެއެވެ.

ސާވިސް ޗާޖުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ލިސްޓުގެ ތިން ވަނަ ލިބެނީ ވަން އެންޑް އޮންލީ ރީތި ރަށަށެވެ. އެގޮތުން އެ ރިސޯޓުން އެވްރެޖު ގޮތެއްގައި މަހަކު 937.92 ޑޮލަރު (14،462.72ރ.) ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދޫކުރި އެވެ.

އިތުރު ރިސޯޓުތަކުން އާންމުކޮށް ދޫކޮށްފައިވާ ސާވިސް ޗާޖު:

- ފޯ ސީޒަން ރިސޯޓް، މަހަކު 927.69 ޑޮލާރު
- ސެއިންޓް ރެޖިސް ވޮއްމުލި، މަހަކު 917.63 ޑޮލަރު
- އަނަންތަރާ ކިހަވައް ވިލާސް، މަހަކު 914.98 ޑޮލަރު
- ދަސްތީ ތަނި މޯލްޑިވްސް، 787.33 ޑޮލަރު
- ޑަބްލިއު ރިޓްރީޓް އެންޑް ސްޕާ މޯލްޑިވްސް، މަހަކު 738.90 ޑޮލަރު
- ނިޔާމަ މޯލްޑިވްސް، މަހަކު 716.73 ޑޮލަރު
- މިލައިދޫ އައިލެންޑް، މަހަކު 711.20 ޑޮލަރު

ސާވިސް ޗާޖުގެ މައުލޫމާތު ހާމަ ކުރާ ވެބްސައިޓަކީ ޓޫރިޒަމް ސެކްޓަރުގައި މަސައްކަތް ކުރާ ބަޔަކު ހިންގާ ވެބްސައިޓެކެވެ. އެނގިފައިވާ ގޮތުގައި އެ ވެބްސައިޓުގައި އާންމުކުރާ މައުލޫމާތު ތަކަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިއްސާކުރާ މައުލޫމާތު ތަކެވެ.

އާންމުކޮށް ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ގެސްޓުންގެ އަތުން 10 ޕަސެންޓް ނަގަ އެވެ. ނަމަވެސް އޭގެ ތެރެއިން، ރިސޯޓުތަކުން މުވައްޒަފުންނަށް ބަހަނީ އެކި މިންވަރެވެ. އާންމުކޮށް ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރު ކޮށްފަ އެވެ.
ހިޔާލު

މުހައްމާ

ކޮންމެ ރިޒޯޓަކަށް މަހެއްގެ ތެރޭގައި ލިބުނު އާމްދަނީއާއި، ސަރވިސްޗާޖްގެ ގޮތުގައި ލިބުނު އާމްދަނީއާއި، ކުރެވުނު ޚަރަދުގެ ހިސާބު ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށާއި ޓޫރިޒަމް މިނިސްޓްރީއަށާއި މީރާއަށް ފޮނުވަންޖެހޭނެ ކަމަށް ގާނޫނެއް ހަދަންވީ. އެ ނޫންގޮތަކަށް މިއުޅޭ މަހުޖަނުން މައިތިރިއެއް ނުކުރެވޭނެ. ދިވެހިރައްޔިތުންނަށް ދޯކާ ދީގެން އުޅޭ ބައެއް މިއީ.

އިންސާނާ

ސަން ސިޔާމް ގެ ވިލްރީފްގަ އެންމެ މަތިވާނީ. އާދޭހާއެކު އެދެން ބަޔަކު މިކަން ބަލައިދީ ޓޫރިސްޓުން މުވައްޒަފުންނަށް ދޭ ލާރިކޮޅޮ ހޯދައިދީބަލަ