Raajjeygai Gellunu France Meehaa Hoadhaathaa Maheh, Adhives Veenuvee eh Neynge!
image
ރާއްޖެ އައިސް އުޅެނިކޮށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ޖީން.-- ފޮޓޯ: ޕޮލިސް
4 ކޮމެންޓް
 

ރާއްޖޭގައި ގެއްލުނު ފްރާންސް މީހާ ހޯދާތާ މަހެއް، އަދިވެސް ވީނުވީއެއް ނޭނގެ!

ރާއްޖެ އައިސް އުޅެނިކޮށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ފްރާންސް އަންހެން މީހާ ހޯދަން ފުލުހުން އިއުލާނު ކުރިތާ މަހެއް ވީއިރު ވެސް އޭނާ ވީތަން ހޯދިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސީއެންއެމް" އަށް ވިދާޅުވީ މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުން ހޯދަމުން އަންނަނީ ޖީން މަނޮން މޯޓެޓް ކިޔާ ފްރާންސް އަންހެނެކެވެ. އޭނާ ހޯދަން ފުލުހުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ވަނީ އާންމުކޮށް އިއުލާނު ވެސް ކޮށްފަ އެވެ. ޖީން ހޯދަން އާންމުކޮށް އިއުލާނު ކުރިތާ މިއަދަށް މަހެއް ވީއިރު، އޭނާ ގެއްލުނީ ސީދާ ކޮން ދުވަހެއްގައި ކަމެއް ސާފެއް ނުވެ އެވެ.

އެ މައްސަލަ ބަލަމުން އަންނަނީ ފުލުހުންގެ ޖެނަރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުންނެވެ. ފުލުހުން އޭނާ ހޯދަން ކުރި އިއުލާނުގައި ބުނެފައިވަނީ، އޭނާ ހޯދަމުން އަންނަނީ ވީނުވީއެއް ނޭނގި ގެއްލިގެން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށްވެ.

ނަމަވެސް އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ކޮން ފަރާތަކުން ކަމެއް އަދި އޭނާ ރާއްޖެ އައިސް އުޅުނީ ކީއް ކުރަން ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އޭނާ ހޯދަން މިހާތަނަށް ކުރި މަސައްކަތްތަކެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

ޖީން އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި، މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.
ހިޔާލު

އައިސްުތު

މީނަ ވިލިމާލޭން ދެކެން. އެކުގަ ފިރިހެނަކު ވެސް އުޅުނު އެކުގަ. އެއީ ގާތްގަޑަކަށް އަހަރެއް ކުރިން. ބުނީ ފިރިމީހާޔޯ އެއީ. އަޅެ އެ ފިރިހެނާ ހޯދައިގެން ސުވާލު ކޮއްބަލ

ނޭމްލަސް

ނުކުރާނެ ނުކުރާނެ ފުލުން ނަށް ކަމެށް ވޭތަ ކުޑަ ކުޑަ ދެފޫޓު ހަމަނުވާ ރަށެށް އެކަމު އެއުލެނީ މީހަކު ނުފެނިގެންވިއްޔަ ލަދުން ބޯހަލާކު ސްކާޓް އަކާ ތަނޑި ބައެއް އަލާގެން ނުކުމެ ބަންޑިޔާ ޖަހާބަލަ..

ސަމީ

ތިމީހާއަކީ ގެޢްލިފައިވާ މީހެއްނޫން. ތީ ފިލައިގެން އުޅޭމީހެއް. ޙުވަފެންފުށީގައި ޕޫލައްވެއްޓި ކުޑަކުއްޖެއް މަރުވީ ތިމީހާގެ އިހުމާލުން. ޚޯޓަށްހާޒިރުވާން ޖެހުނީމަ ފިލައިގެން އުޅެނީ. ފުލުހުންވެސް ސީދާ ހަގީގަތް ހާމަ ކުރަން ފަސްޖެހެނީ.

ޚިޔެލި

ތި އަންހެން މަންޖެ މިހާރުވީ ފްރާންސްގަ 🙏🏻