Ellaidhoo Resort Gai Valhi Jehi Meehaa ge Bandhah 15 Dhuvas Jahaifi
image
އެއްލައިދޫ ރިސޯޓް: ހަމަނުޖެހުމުގައި ވަޅި ހެރުމުން މަރުވީ 24 އަހަރުގެ ލަންކާ މީހަކު.
0 ކޮމެންޓް
 

އެއްލައިދޫ ރިސޯޓުގައި ވަޅިޖެހި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

އެއްލައިދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ސްރީ ލަންކާގެ ދެ މީހެއްގެ މެދުގައި ހިނގި ޒުވާބެއް ހޫނުވެ އެތަނުން އެކަކު ގަޔަށް ވަޅި ހަރާ މަރާލި މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް މިއަދު 15 ދުވަސް ޖަހައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާ އާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ 39 އަހަރުގެ ލަންކާ މީހެކެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖެހީ، ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު އދ. މަހުބަދޫ ކޯޓަށް އޭނާ ގެންދިއުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުންގެ ދެމެދުގައި ހަމަނުޖެހުން ހިނގި އިރު، ދެ މީހުން ވެސް ތިބީ މަސްތުގެ ހާލަތުގަ އެވެ. އަދި ވަޅި ޖަހާފައިވަނީ، ހަމަނުޖެހުމުގައި މަރުވި 24 އަހަރުގެ ލަންކާ މީހާގެ މެޔަށް ކަމަށް ވެއެވެ.

ހަމަނުޖެހުމުގައި މަރުވި މީހާގެ ހަށިގަނޑު އިއްޔެ ވަނީ މާލެ ގެނެސްފަ އެވެ. ނަމަވެސް ހަށިގަނޑު ލަންކާ އަށް ފޮނުވާލާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.
ހިޔާލު