73 Haahahvure Gina Dharivarunnaaeku Aa Aharuge Kiyevun Fashaifi
image
1 ކޮމެންޓް
 

73 ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު އާ އަހަރުގެ ކިޔެވުން ފަށައިފި

73 ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގައި ކިޔަވައިދޭން ފަށައިފިއެވެ. dhi2
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ސުކޫލުތަކުގެ ކިޔެވުން ފަށާފައިވާއިރު، އެލްކޭޖީ އިން ފެށިގެން ގުރޭޑް 12 އާއި ހަމައަށް 73035 ދަރިވަރުން ސުކޫލުތަކުގައި ކިޔަވާނެ ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ ގުރޭޑް ކުލާސްތަކަށް މިއަދުން ފެށިގެން ކިޔެވުން ފެށި ނަމަވެސް ނާސަރީ ކުލާސްތަކަށް ކިޔަވައިދޭން ފަށާނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލެގައި ހުންނަ ސަރުކާރުގެ 14 ސްކޫލުގައި މިއަހަރު 2042 ދަރިވަރަކު ގުރޭޑް އެކެއްގައި ތައުލީމު ހާސިލު ކުރާނެއެވެ. އެކަމަކު އެދަރިވަރުންގެ އިތުރުން އަތޮޅު ތެރޭގެ ސްކޫލުތަކުގައި ވެސް މި އަހަރު އެތައް ސަތޭކަ ކުދިންނެއް ގްރޭޑު އެކެއްގައި ތައުލީމު ހާސިލު ކުރާނެ އެވެ.

އެޑިއުކޭޝަނުން ބުނީ މިއަހަރު ސަރުކާރުގެ 213 ސުކޫލުގެ ތެރެއިން ކިޔެވުން ފަށާއިރު 134 ސުކޫލެއް އެއްދަންފަޅިއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ހުރި 79 ސުކޫލު އެއްދަންފަޅިއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ހިޔާލު

ކާލި

ހުރިހާ ކުދީންނަށް ކާމިޔާބާއި ފަލާހު ދެއްވާށި . ، އުގެނުމާއި އުގަންނައި ދިނުމުގެ ހެޔުތައުފީޤް އަޅަމެނަށް ދެއްވާށި !