Dhiraasee aa Aharuge Thahuniyaa Raees Aruvaifi
image
ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު .-- ފޮޓޯ : އަލްޖަޒިރާ
ޝާދިން މުހައްމަދު
0 ކޮމެންޓް
 

ފިލާވަޅާ އެއްވަރަށް މުހިއްމީ އަޅާލުމާއި އިހްތިރާމާއި ހެޔޮކޮށް ހިތުން: ރައީސް

ބޮޑު ބަންދަކަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު އަލުން ފެށިފައިވާ އިރު އެކަން ފާހަގަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދަރިވަރުންނަށް ނަސޭހަތުގެ ބަސްކޮޅަކާއި އެކު ދިރާސީ އާ އަހަރު ފެށުމުގެ ތަހުނިޔާ އަރުވާފައެވެ.
ރައީސް ސޯލިހް ދިރާސި އާ އަހަރާއި ގުޅިގެން ކޮށްފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ދިރާސީ އާ އަހަރުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް އަރުވާކަމަށެވެ.

މީގެ އިތުރުން ދެން ރައީސް ސޯލިހު މި ޓްވީޓުގައި ދަރިވަރުންނަށް ދެއްވާފައިވަނީ ނަސޭހަތުގެ ބަސްކޮޅެކެވެ. މިގޮތުން ސްކޫލުގައި މުދައްރިސުން ކިޔަވަދޭ ފިލާވަޅާ އެއްވަރަށް، އެކަކު އަނެކަކަށް އިހްތިރާމު ކުރުމާއި އަޅާލުމާއި ހެޔޮކޮށް ހިތުމަކީ މުހިންމު ކަންތަށް ކަން ރައީސް ވިދާޅުވިއެވެ.


މިއަދު ދިރާސީ އާ އަހަރު ފެށިފައިވާއިރު، ސަރުކާރުގެ ސުކޫލުތަކުގައި 73 ހާހަށްވުރެ ގިނަ ދަރިވަރުން ސުކޫލުތަކުގައި ކިޔަވަމުންދާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. މިއަހަރު ރާއްޖޭގެ 25 ސުކޫލެއްގައި ހެނދުނުގެ ނާސްތާ ދޭން ފަށާފައިވާއިރު 134 ސުކޫލެއްގައި ވަނީ އެއްދަންފަޅިއަށް ކިޔަވައިދޭން ފަށާފައެވެ.

އެޑިއުކޭޝަނުން ބުނީ ސަރުކާރުގެ 213 ސުކޫލުގެ ތެރެއިން ބާކީ ހުރި 79 ސުކޫލުވެސް އެއް ދަންފަޅިއަށް ބަދަލުކުރެވިގެންދާނެ ކަމަށްވެސް އެޑިއުކޭޝަނުން ބުނެއެވެ.
ހިޔާލު