Sheelaa ah chutty ah kamudhanee atholhuthere!
image
ފިލްމީތަރި ޝީލާ ބ. ގޮއިދޫގައި ނަގާފައިވާ ފޮޓޯ އެއް.-- ފޮޓޯ: ފޭސްބުކް/ޝީލާ
2 ކޮމެންޓް
 

ޝީލާ އަށް ޗުއްޓީ އަށް ކަމުދަނީ އަތޮޅުތެރެ!

ސްކޫލްގެ ކިޔެވުން ނިމި ޗުއްޓީ ފެށުމުން ފިލްމީ ތަރިން ވެސް އާއިލާ ގޮވައިގެން ކޮންމެސް މަންޒިލަކަށް ފުރައެވެ. ބައެއް ތަރިން އަނބި ދަރިންނާއެކު ރާއްޖެއިން ބޭރަށެވެ. އެއްބަޔަކު އާއިލާ ގޮވައިގެން އަތޮޅުތެރޭ ކޮންމެވެސް ރަށަކަށެވެ. dhi2
މަޝްހޫރު ފިލްމީ ޖޯޑު ޝީލާ ނަޖީބާއި މުހައްމަދު މަނިކުގެ އާއިލާ އަކީ ކޮންމެ ޗުއްޓީ އެއްގައި ވެސް ކޮންމެވެސް މަންޒިލަކަށް ދަތުރުކުރާ ބައެކެވެ. ހާއްސަ ކޮށް އަތޮޅުތެރޭ ކޮންމެވެސް ރަށެއްގައި ޗުއްޓީގެ ދުވަސްތައް ހޭދަ ކުރާ ކަން ފާގަފަކޮށްލެވެއެވެ.

ޝީލާގެ ދެ ދަރިންނާއެކު ގޮއިދޫގައި ނަގާފައިވާ ފޮޓޯ އެއް....

ނިމިގެންދިޔަ ބޮޑު ޗުއްޓީ އަކީ ޝީލާގެ އާއިލާ އަށް ވަރަށް އުފާވެރި ޗުއްޓީ އެކެވެ. އެމީހުންގެ ޗުއްޓީގެ މަންޒިލަކީ ބ. ގޮއިދޫ އެވެ. މީގެ ކުރިން ވެސް ޝީލާ ވަނީ އާއިލާ ގޮވައިގެން އެރަށުގައި ޗުއްޓީ ހޭދަކޮށްފައެވެ.

"އަސްލު ނިއުމާ ފިލްމުގެ ޝޫޓިން އަށް ފުރަތަމަ އެރަށަށް ދިޔައީ، ދެން އޭގެ ފަހުން އެރަށުގެ ބައެއް ރައްޓެހިން ބުނެގެން ދަން ޗުއްޓީ ތަކަށް، އެރަށު މީހުން ވެސް ވަރަށް ހިތް ހޮޔެ،" ޝީލާ ކިޔައިދިނެވެ.

ބ ގޮއިދޫ ގޮނޑުދޮށުގައި ޝީލާ ނަގާފައިވާ ސެލްފީއެއް....

ޝީލާ ބުނީ، ގޮއިދޫ އަށް މިހާރު ފަސް ވަރަކަށް ފަހަރު ދެވިއްޖެ ކަމަށެވެ. އަދި އެރަށަކީ އަބަދުވެސް ވަރަށް "ފޭވަރިޓް" ރަށެއް ކަމަށް ޝީލަ ބުންޏެވެ. މިފަހަރުގެ ގޮއިދޫ ދަތުރުގައި މަނިކު އަކަށް ބައިވެރިއެއް ނުވެވުނެވެ.

"މަނިކު އޮފީހުގަ ބިޒީ ކޮށް އުޅެން ޖެހިގެން ނުދެވުނީ، ވަރަށް މަޖާ، ބ އަތޮޅުގެ އެހެން ރަށް ރަށަށް ވެސް ގޮސް މަޖާ ކުރިން، އަސްލު ކުދިން ވެސް ވަރަށް ހިތްހަމަޖެހޭ ރަށްރަށުގަ،" ޝީލާ ބުންޏެވެ.

ޝީލާ އާއި މަނިކުގެ ހަގު ފިރިހެން ދަރިފުޅުގެ ހިތާނީ ނިންމުމަށްފަހު ޑިސެމްބަރު މަހު ގޮއިދޫ އަށް ދިޔަ މީހުން އެރަށުގައި މިފަހަރުވެސް 15 ވަރަކަށް ދުވަސް ހޭދަ ކުރިއެވެ. އެއަށްފަހު މާލެ އައިސް ދެން އަނެއްކާވެސް ފެނުނީ ކ. ހުރާގައި ކުޑަ ޗުއްޓީ އެެއް ހޭދަ ކުރަމުން އައި ތަނެވެ. އެ ޗުއްޓީގައި މަނިކު ވެސް ބައިވެރިވިއެވެ.

ޝީލާ އާއި މަނިކު ކ ހުރާގައި ނަގާފައިވާ ފޮޓޯ އެއް....

"ހުރާ އަށް ދިޔައީ ޝީލާގެ އާއިލާގެ ބައެއް މީހުން، މާކިން މެންވެސް އަބަދު މޫދުގަ، މިނިވަންކޮށް އުޅެވޭތީ ތިބެނީ ވަރަށް އުފަލުން،" ޝީލާ ބުންޏެވެ.

ޝީލާ ބުނީ ހަގީގަތުގައި ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކުރުމަށްވުރެއް އަތޮޅުތެރޭ ރަށެއްގައި ޗުއްޓީ ހޭދަކުރުމުން ލިބޭ އުފާ މާ ބޮޑު ކަމަށެވެ. ހިތްގައިމު ދޮންވެލި ތުނޑި ތަކުގައި އާއި ރީތި މޫދު ތަކުގައި މާ ހިތްފަސޭހަ ކަމަށެވެ. އަތޮޅުތެރެ މާ ކަމުދާ ކަމަށެވެ.

"ރާއްޖެއިން ބޭރަަށް ވެސް ދެވިދާނެ، އެކަމަކު މާ ހިތްހަމަޖެހޭ ރަށްރަށުގަ،" ޝީލާ ބުންޏެވެ.

ގިނަ އަހަރު ތަކެއްގައި ބ. ގޮއިދޫ އަށް ޗުއްޓީ ހޭދަކުރަން ދިޔަ ޝީލާ ވަނީ އާއިލާ ގޮވައިގެން ރ އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް މީގެ ކުރިން ޗުއްޓީ ހޭދަ ކޮށްފައެވެ. ނިމިގެން ދިޔަ އަހަރުގެ ބޮޑު އީދު ޗުއްޓީގައި ވެސް އެ އާއިލާ ތިބީ ނ. ލަންދޫ ގައެވެ.
ހިޔާލު

ޖަމީލު

ވަކިބައެށް ފޮނުވާ ހިޔާލުތައްދޯ ސީއެންއެށްމެ. އެންމެވީގަ ގެނެސްދެވެނީ އިއްޔެ ޖަމީލުގެ ހިޔާލު ހުށައެޅީމާ އަދިވެސް އެޔަށް ނުގެނެސް ދެވުނު ކިހާދެރެކަމެށްތީ ނުވަންޏާ ހުއްޓާލީމާ ނިމުނީއެންނު

ސަނަން

ކޮބާ ފެމިލީ މީހުންނާއެކު އިން ފޮޓޯ ނެގީ ކީއްވެ