Mulhin Dhivehi Teacherunnaeku Emme Bodu Schoolgai Kiyevun Fashaifi
image
0 ކޮމެންޓް
 

މުޅިން ދިވެހި ޓީޗަރުންނާއެކު އެންމެ ބޮޑު ސުކޫލުގައި ކިޔެވުން ފަށައިފި

ރާއްޖޭގައި މިހާތަނަށް އިމާރާތްކުރި އެންމެ ބޮޑު ސުކޫލުގެ ކިޔެވުން މުޅިން ދިވެހި ޓިޗަރުންނާއެކު މިއަދު ފަށައިފިއެވެ.
ހުޅުމާލޭގައި އެޗްޑިސީން ތަރައްގީކޮށްފައިވާ 'ހުރަވީ ސުކޫލު'ގެ ކިޔެވުން ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެޑިއުކޭޝަނުން ބުނީ އެސުކޫލުގައި މިއަހަރު އަލަށް 780 ދަރިވަރުން ކިޔަވަމުންދާއިރު، އެކުދިންނަށް ކިޔަވައިދިނުމުގައި 60 ޓީޗަރުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އެ ހުރިހާ ޓީޗަރުންނަކީވެސް ދިވެހި ރާއްޖެއަށް ނިސްބަތްވާ ޓީޗަރުން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އެޗްޑީސީއިން އަމީން ކޮންސްޓްރަކްޝަނާއި ގުޅިގެން ހުޅުމާލޭގައި އިމާރާތްކުރި މި ސުކޫލުގައި 52 ކްލާސްރޫމް ހުންނައިރު ބައެއް ކުލާސްތައް ފަރުމާކޮށްފައި ވަނީ ނުކުޅުުންތެރިކަން ހުންނަ ކުދިންނަށެވެ.

އެޗްޑީސީން ކުރިން ބުނީ މި ސުކޫލުގައި 1350 އަށްވުރެ ގިނަ ކުދިންނަށް ކިޔެވުމުގެ ޖާގަ ލިބިގެންދާނެ ކަމަށެވެ.

މިއަހަރު މި ސުކޫލު ހުޅުވިއިރު ކިޔަވައިދެމުން ދަނީ ގުރޭޑް 1 އިން ފެށިގެން ގުރޭޑް 7 އާއި ހަމައަށެވެ.
ހިޔާލު