Vettunu Lion Air Boatge Kalhufoshi Hoadhaifi
image
0 ކޮމެންޓް
 

ވެއްޓުނު ލަޔަން އެއާ ބޯޓުގެ ކަޅުފޮށި ހޯދައިފި

މިދިޔަ އަހަރު އޮކްޓޫބަރު މަހު އިންޑޮނޭޝިއާއިން ފެނުނު ލަޔަން އެއާ ބޯޓުގެ ކަޅު ފޮށި ހޯދައިފިއެވެ.
އިންޑޮނޭޝިއާ އޮފިޝަލުން ބުނީ ބޮއިންގް 737 ގެ ކޮކްޕިޓް ވޮއިސް ރެކޯޑަރު ފެނިފައިވާ ކަމަށެވެ. އޮކްޓޫބަރު މަހުގެ ފަހުކޮޅު އިންޑޮނޭޝިއާއިން ފުރައިގެން ސްމަޓްރާއަށް ދަތުރުކުރި ބޯޓް ވެއްޓި އޭގެ ން ދަތުރުކުރި 189 މީހުން ވަނީ މަރުވެފައެވެ.

އިންޑިނޯޝިއާގެ ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީގެ ޑެޕިއުޓީ ހާރިޔޯ ސަތްމިކޯއާއި ހަވާލާދީ ބޭރުގެ ނޫސްތައް ބުނާ ގޮތުގައި އެ ކަޅުފޮށި ފެނިފައިވަނީ ކިހާ ހިސާބަކުން ކަމެއް އަދި ސާފެއް ނުވެއެވެ.

ބޯޓު ސީދާ ވެއްޓެން މެދުވެރިވި ސަބަބު ދެނެގަނެވޭނީ، ބޯޓުގެ މައި ބައިތައް ހޯދިގެންކަމަށް އިންޑޮނޯޝިއާއިން ވަނީ ބުނެފައެވެ.

މި ބޯޓް ވެއްޓުމާއި ގުޅިގެން ލަޔަން އެއާގެ ބޯޓުގެ ބައެއް އިންސްޓްރުމެންޓްތަކުގައި މައްސަލަތަކެއް ހުރި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނުމާއި ގުޅިގެން، ބޮއިންގް 737 މެކްސް 8 މަރުކާގެ ހުރިހާ ބޯޓުތަކުގެ ސަލަމާތީގޮތުން ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑޮނޭޝިއާ ސަރުކާރުން ވަނީ އަންގާފައި އެވެ. މިކަމާއި ގުޅިގެން ލަޔަން އެއާއިން ވަނީ މިކަންކަން ބަލައި ހުރިހާ ކަމެއް ހައްލުކޮށްފައިވާ ކަމަށްވެސް އަންގާފައެވެ.
އިންޑޮނޭޝިޔާ
ހިޔާލު