Male ge bodu bayakun karantu kendijje
image
މާލޭގެ ބޮޑު ބަޔަކަން ކަރަންޓް ކެނޑިއްޖެ
3 ކޮމެންޓް
 

މާލޭގެ ބޮޑު ބަޔަކަން ކަރަންޓް ކެނޑިއްޖެ

ވެރިރަށް މާލޭ ސިޓީގެ ބޮޑު ބަޔަކުން މިރޭ ކަރަންޓް ކެނޑިއްޖެއެވެ.
މިރޭ 6:20 އެހާއިރުން މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓްގެ ހިދުމަތް ކެނޑިފައިވާއިރު މިހާރު ބައެއް ސަރަހައްދުތަކަށް އަލުންވަނީ ކަރަންޓް ދީފައެވެ.

މާލެއަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ސްޓެލްކޯއިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާކަމަށާއި އަލުން ކަރަންޓްގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.
ނަމަވެސް މާލެއިން ކަރަންޓް ކެނޑުނު ސަބަބެއް އެކުންފުނިން ނުބުނެއެވެ.

މިރޭ ވަނީ ހެންވޭރުގެ އިތުރުން ގަލޮޅާއި މައްޗަންގޮޅި އަދި މާފަންނުގެ ބައެއް ސަރަހައްދު ތަކުންވެސް ކަރަންޓް ކެނޑިފައެވެ.
ކަރަންޓް ސްޓެލްކޯ
ހިޔާލު

އައްލާބެއްޔާ

ވަރަށް ވައްތަރު ސަރުކާރަށް ހުތުރު އަރުވަން ބަޔަކު އަޑީގައި ތިބެގެން ގަންނަ ގަނޑެއްކަމަށް! ސްޓެލްކޯގެ އިސް މަޤާމްތަކުގައި ތިބިމީހުން އެހެން ތަނަކަށް ބަދަލު ކުރަން ފެނޭ!

ހުވަދު

ކަރަންޓުކެޑުން މިހާރަކަށްއަިސް ޢާންމުކަމަކަށްވީތަ؟

ޢިއްސޭ

ނިމިދިޔަ ސަރުކާރުން ސްޓެލްކޯއަށް ވައްދާފަ ތިބި ބަޔަކު ގަސްތުގައިކުރާ ކަމެއް އަދި މިއަށްވުރެ ބޮޑު ގެއްލުމެއްވެސް ދީފާނެ