El Chapo Mexico ge kureege Raees ah 100 million dollar rishvathuge gothugai dhinkan falhaa araifi
image
އެލް ޗާޕޯ އާއި މެކްސިކޯގެ ކުރީގެ ރައީސް.-- ފޮޓޯ: އީޕީއޭ
1 ކޮމެންޓް
 

ޑްރަގްލޯޑް އެލް ޗާޕޯ މެކްސިކޯ ކުރީގެ ރައީސަށް 100 މިލިޔަން ޑޮލަރު ދިންކަން ފަޅާއަރައިފި

މެކްސިކޯގެ އެންމެ ބޮޑު ޑްރަގްލޯޑުގެ ގޮތުގައި ފާހަގަ ކުރެވޭ ވާކީން ގަޒްމަން (އެލް ޗާޕޯ) އެ ގައުމުގެ ކުރީގެ ރައީސް އެންރިކް ޕެންއާ ނިއާޓޯ އަށް ރިޝްވަތުގެ ގޮތުގައި 100 މިލިޔަން ޑޮލަރު ދީފައިވާކަން ފަޅާއަރައިފި އެވެ.
އެކަން ހާމަވެފައިވަނީ ޗާޕޯގެ ގާތް މީހަކު އެމެރިކާގެ ނިއުޔޯކު ކޯޓަކަށް ދިން މައުލޫމާތުތަކެއްގެ ތެރެއިންނެވެ. އޭނާ ވަނީ އެ ވާހަކަ މީގެ ކުރިން 2016 ވަނަ އަހަރު ވެސް ކަމާގުޅޭ އިދާރާތަކާ ހިއްސާކުރި ކަމަށް ވެސް ކޯޓުގައި ބުނެފަ އެވެ.

މެކްސިކޯގެ ރައީސްކަން 2012-2018 އަށް ކުރެއްވި އެންރިކްގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ރިޝްވަތުގެ ފައިސާ ނެގިކަމުގެ ތުހުމަތު ކުރެވިފަ އެވެ. ނަމަވެސް އެކަން އޭނާ ވަނީ ދޮގުކޮށްފަ އެވެ. އެކަމަކު މިފަހަރު އާންމުވި މައުލޫމާތުތަކާ ގުޅޭގޮތުން އެންރިކް އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅެއް ނުވެ އެވެ.

އެ ފައިސާގެ މައުލޫމާތު ކޯޓުގައި ހާމަކުރި މީހާ ބުނީ ރިޝްވަތުގެ ގޮތުގައި 250 މިލިޔަން ޑޮލަރު ހޯދުމަށް ކުރީގެ ރައީސް އެންރިކް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ފަހުން 100 މިލިޔަން ޑޮލަރަށް އެއްބަސްވީ ކަމަށެވެ. އަދި އެ ފައިސާ ރައީސް އެންރިކް އަށް ހަވާލުކުރީ ޗާޕޯގެ ގާތް އެކުވެރިއެއް މެދުވެރިކޮށް 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، މެކްސިކޯ ސިޓީގައި ކަމަށް އޭނާ ބުނެ އެވެ.

ނަމަވެސް ޗާޕޯ ރައީސް އަށް އެހާ ބޮޑު ރިޝްވަތެއް ދިރީ ކީއްކުރަން ކަމެއް ސާފެއް ނުވެ އެވެ.

ޗާޕޯ މިހާރު ހުރީ އެމެރިކާގެ ބެލުމުގެ ދަށުގަ އެވެ. އެގޮތުން މެކްސިކޯ އިން އޭނާ ހައްޔަރު ކުރުމަށް ފަހު ޝަރީއަތާ ކުރިމަތިލާން އޭނާ އެމެރިކާ އަށް ގެނެސް، މިހާރު އަންނަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތައް ބަލަމުންނެވެ.
ހިޔާލު

އަލީ

މިރާއްޖޭގެ ކުރީގެ ރައީސް އެކައުންޓުގައިވެސް އެބަހުރި 100 މިލިއަން. އަދި ނޭނގޭ ކާކުދިން އެއްޗެއް ކަމެއް.