Gina adhadheh ge masthuva thakethi nahthaalaifi
image
ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
0 ކޮމެންޓް
 

ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.
މިއަދު ނައްތާލާފައިވަނީ، 2016 ން 2018 ށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 2016ވަނަ އަހަރުގެ 29 މައްސަލައަކާއި 2017 ވަނަ އަހަރުގެ 131 މައްސަލައަކާއި 2018ވަނަ އަހަރުގެ މައްސަލައަކާއި އަދި އިތުރު 38 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންބުނީ މިއަދު ނައްތާލި ތަކެތީގެ ތެރޭގައި 1425 ރަބަރު ޕެކެޓާއި، 388 ސެލޯފިންކޮޅާއި، 19 ބުލެޓާއި، ފިލްމް ހުސްކުރި 11 ދަޅާއި، 637 ބޭސްގުޅަ ހިމެނޭކަމަށާއިނައްތާލި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 8613.3125 ގްރާމެވެ.

މަސްތުވާތަކެތި ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.
ހިޔާލު