Mine gai thaashivi meehehge hashigandu India sifain hoadhaifi
image
މައިނުގައި އެ މީހުން ތާށިވީ ކައިރީގައި އޮތް ކޯރެއް ފުރިގެން މައިނަށް ފެން އެޅުމުން.-- ފޮޓޯ: ރޮއިޓާސް
0 ކޮމެންޓް
 

މައިނުގައި ތާށިވި އެކެއްގެ ހަށިގަނޑު އިންޑިއާ ސިފައިން ހޯދައިފި

އިންޑިއާގެ މެގަލާޔާގެ މައިނެއްގައި މިދިޔަ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން ތާށިވެފައިވާ 15 މީހުން ހޯދުމަށް ކުރިއަށް ގެންދިޔަ މަސައްކަތުގެ ތެރެއިން އެތަނުން އެކެއްގެ ހަށިގަނޑު އެ ގައުމުގެ ސިފައިން ހޯދައިފި އެވެ. leaward
އިންޑިއާ ސިފައިން ބުނީ އޭނާގެ ހަށިގަނޑު ފެނުނީ މައިނުގެ އެތެރެއަށް ސިފައިން ފޮނުވި އަންޑަވޯޓާ ވެހިކަލަކަށް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު އޮތީ ފެންގަނޑުގެ 168 ފޫޓް ނުވަތަ 48 މީޓަރު އަޑީގައި ކަމަށް ސިފައިން ބުނެ އެވެ.

އޭނާގެ އިތުރުން މައިނުތެރޭގައި ތާށިވެފައިވާ މީހުންގެ ހާލަތު ސިފައިންނަށް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. ނަމަވެސް އެ މީހުން ދިރިތިއްބާ ފެނުމުގެ ފުރުސަތު މިހާރު ގާތްގާނޑަކަށް އެއްކޮށް ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ގަވާއިދާ ހިލާފަށް ހިންގަމުން ދިޔަ ބޯޓު ދެލި ނަގާ މައިނުގެ ތެރޭގައި އެ މީހުން ތާށިވީ، މައިން ކައިރީގައި އޮތް ކޯރެއްގައި ފެންބޮޑުވުމުން އެ ފެންތައް މައިނަށް އެޅުމުންނެވެ.

މައިން ތެރޭގައި ހުރި ފެންތައް ހިންދުމަށް ހައި ޕަވާ ފެންޕަންޕް ބޭނުން ކުރަމުން އަންނަ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ. އަދި ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާއިރު، އިންޑިއާ ނޭވީ ޑައިވަރުން އަންނަނީ މައިން ތެރޭގައި ޑައިވް ކޮށްގެން އެ މީހުން ތިބި ހިސާބު ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް އެ ގައުމުން ބުނެ އެވެ.

މީގެ ކުރިން އިންޑިއާގެ ޑިޒާސްޓާ ރެސްޕޮންސް ފޯސް އާއި އެ ސަރަހައްދުގެ ސްޓޭޓް ޑިޒާސްޓާ ރެސްޕޮންސް ފޯސް އިން އެ މީހުން ސަލާމަތް ކުރަން ކުރި މަސައްކަތް، އެކަށީގެންވާ އިކުއިޕްމަންޓް ނެތުމުން ކާމިޔާބު ނުވި އެވެ.
ހިޔާލު