Private koh kuri baeh tweet thah public vehje
image
އެ މައްސަލަ ވަނީ މި މަހު 14 ގައި ހައްލު ކޮށްފައި.-- ފޮޓޯ: ރޮއިޓާސް
0 ކޮމެންޓް
 

ޕްރައިވެޓްކޮށް ކުރި ބައެއް ޓްވީޓްތައް ޕަބްލިކް ވެއްޖެ

ޓްވިޓާގެ އެންޑްރޮއިޑް އެޕް ބޭނުންކޮށްގެން ޕަބްލިކް ޓްވީޓްތައް ކުރުމުން އެ ޓްވީޓްތައް ޕަބްލިކް ވަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ ކަން ހާމަވެއްޖެ އެވެ.
ޓްވިޓާ އިން ބުނީ އެކަން ދިމާވީ ސެކިއުރިޓީ މައްސަލައަކުން ކަމަށާއި، "ޕްރޮޓެކްޓެޑް" ބައެއް ޓްވީޓްތައް އެ އެކައުންޓަކަށް ބައެއް ބަދަލުތައް ގެނައުމުން އޮޓޮމެޓިކުން ޕަބްލިކް ވެފައިވާ ކަމަށެވެ.

އެގޮތުން އެންޑްރޮއިޑް އެޕް ގެންގުޅޭ މީހުން 2014-2019 ވަނަ އަހަރާ ދެމެދު ޓްވިޓާ އެކައުންޓާ ގުޅިފައިވާ އީމެއިލް އެޑްރެސް ބަދަލު ކޮށްލުމުން އޮޓޮމެޓިކުން ޕްރޮޓެކްޓެޑް ޓްވީޓްތައް ޕަބްލިކް ވަމުން ދިޔަ ކަމަށް ޓްވިޓާ އިން ބުނެ އެވެ.

އެގޮތަށް ޓްވީޓްތައް ހާމަވެފައިވާ އެކައުންޓަކަށް އެކަން އަންގަމުން އަންނަ ކަމަށް ވެސް ޓްވިޓާ އިން ވަނީ ބުނެފަ އެވެ. އަދި އޮޓޮމެޓިކުން ޕަބްލިކް ވެފައިވާ އެކައުންޓްތައް އަލުން ޕްރައިވެޓް ކުރަމުން އަންނަ ކަމަށް ޓްވިޓާ އިން ބުނެ އެވެ.

"ވަރަށް ބޮޑަށް މައާފަށް އެދެން. މި އަންނަނީ އެކަން ހިނގަން މެދުވެރިވި ގޮތުގެ ފުރިހަމަ ރިވިއުއެއް ހަދާ، ދެ ވަނަ ފަހަރަށް އެކަހަލަ ކަމެއް ނުހިނގާނެ ގޮތަކަށް ކަންކަން ރާވަމުން،" ޓްވިޓާ އިން ބުންޏެވެ.

ޓްވިޓާ އިން ބުނީ ޕްރައިވެޓް ކޮށް ޓްވިޓާ ބޭނުންކުރާ މީހުން އެ މީހުންގެ ސެޓިން އޮޓޯއިން ބަދަލުވެފައިވޭތޯ ބަލަން އެދޭކަމަށެވެ. އަދި މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް ވެސް ޓްވިޓާ އިން ބުނެ އެވެ.

އެޕަލްގެ އައިއޯއެސް ނުވަތަ ވެބް ބުރައިޒާ އިން ޓްވިޓާ ބޭނުންކުރާ މީހުންނަށް މި މައްސަލަ ކުރިމަތިވެފައި ނުވާ ކަމަށް ޓްވިޓާ އިން ބުނެ އެވެ.
ހިޔާލު