Nasandhura hadhaa kunfunin beynunkuri MTCC ge bin huskohfi
image
އެމްޓީސީސީގެ ކުރީގެ އޮފީސް ހުރި ބިން ހުސްކޮށްފައި.-- ފޮޓޯ: ސީއެންއެމް
1 ކޮމެންޓް
 

ނަސަންދުރަ ހަދާ ކުންފުނިން އެމްޓީސީސީ އަށް "ނޭނގި" ބޭނުންކުރި ބިން ހުސްކޮށްފި

ނަސަންދުރަ އިމާރާތް ކުރަމުން އަންނަ ޝޮންގްޓިއަން ކޮންސްޓްރަކްޝަނުން އެމްޓީސީސީގެ "ހުއްދަ ނެތި" ބޭނުން ކުރަމުން ދިޔަ އެ ކުންފުނީގެ ކުރީގެ އޮފީސް ހުރި ބިން ހުސްކޮށްފި އެވެ.
އެމްއެމްއޭ ކުރިމައްޗަށްވާ ގޮތަށް އޮންނަ 3،000 އަކަފޫޓަށް ވުރެ ބޮޑު ބިމުގެ ވަށައިގެން ޓިނު ޖަހާފައި ހުރި އިރު، އެ ތަނުގެ ތެރޭގައި ގިނަ އަދަދެއްގެ ސޭފްޓީ ނެޓް ރޯލުތަކާއި، ކުލަ ފާޓާގެ އިތުރުން ވެސް ބައެއް އެހެނިހެން ސާމާނު ބަހައްޓާފައި ހުއްޓެވެ.

އާ ވެރިކަމާ އެކު އެމްޓީސީސީގެ މެނޭޖުމަންޓް ބަދަލުވި ފަހުން އެހެން ބަޔަކު އެ ބިން ބޭނުންކުރަމުން ދިޔަ މައްސަލަ ފެންމަތިވީ އިރު، އެކަމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އެ އޮފީހުގައެއް ނެތެވެ. އަދި އެ ތަނުން އެ ކުންފުންޏަށް ކުލީގެ ގޮތުގައި ވެސް އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށް ވެއެވެ.

އިތުރަށް ކިޔާލުމަށް: އެމްޓީސީސީ އަށް "ނޭގި" އެ ކުންފުނީގެ ބިން ބޭނުންކުރަނީ ނަސަންދުރަ ހަދާ ކުންފުނިން!

އެ ކުންފުނިން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް، ކުރިން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު "ސީއެންއެމް" އަށް ވިދާޅުވި އެވެ. ނަމަވެސް އެތަން ހުސްކުރި އިރު، އެކަން ގޮސްފައިވަނީ ކިހާ ހިސާބަކަށް ކަމެއް ސާފެއް ނުވެ އެވެ.


އެމްޓީސީސީގެ ކުރީގެ އޮފީސް ހުރި ބިމުގައި ހުރި މުދާތައް.-- ފައިލް ފޮޓޯ

މިހާރު އެ ތަނުގައި ހުރި ހުރިހާ މުދަލެއް ވަނީ ނެރެގެން ގެންގޮސްފަ އެވެ. އަދި އެ ތަނުގައި ޖަހާފައިވާ ޓިނު ބިއްގަނޑުން ވެސް ބައެއް ވަނީ ނައްޓާލާފަ އެވެ. އެނގިފައިވާ ގޮތުގައި އެތަން ހުސްކުރީ، ޕާކިން ޒޯނެއް އެޅުމަށެވެ.

އެމްޓީސީސީގެ ނަމުގައި ރެޖިސްޓްރީ ކޮށްފައިވާ އެ ބިމުގައި އިމާރާތެއް އަޅަން އެ ކުންފުނިން އޮތީ ކުރަހާ ވެސް ނިންމާފަ އެވެ. ނަމަވެސް މިހާރު އެ އިމާރާތް، ހުޅުމާލޭގައި އެޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެއެވެ.
ހިޔާލު

އަދުރޭބެ

ހެޔޮނުވާނެ 5 ބުރިޔަށް ނަމަވެސް އުސްކޮށް ތިޔަ ޕާކިން ޒޯނު އަޅާފަ ފައިސާ ނަގަންފަށާ.