America ge Mashhooru Actress Lindsay Raajjey gai Chutty Heydhakuramun Ebadhey
image
ލިންޑްސޭ ލޯހަން---
0 ކޮމެންޓް
 

އެމެރިކާގެ މަޝްހޫރު އެކްޓަރެސް ލިންޑްސޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދޭ

އެމެރިކާގެ މަޝްހޫރު އެކްޓަރެސް ލިންޑްސޭ ލޯހަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް 32 އަހަރުގެ ލިންޑްސޭ އޭނާގެ އަންހެން ކޮއްކޮ އަދި އެކްޓަރެސް އަލިއާނާ ލޯހަން އާއެކު ރާއްޖެ އައިސްފައިވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ އަމިއްލަ ފުށި ރިސޯޓުގައެވެ.

ލިންޑްސޭ އާއި އޭނާގެ ކޮއްކޮ އަލިއާނާގެ އޮފިޝަލް އިންސްޓަގްރާމުގެ ސުޓޯރީ މެދުވެރިކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ގޮތް ސަޕޯޓަރުންނަށް އަންނަނީ ހިއްސާކުރަމުންނެވެ.





ލިންޑްސޭ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި މީން ގާލް، ދަ ޕޭރެންޓް ޓްރެޕް، ފްރީކީ ފްރައިޑޭ، ލޭބާ ޕެއިންސް، ގެޑް އަ ގުލޫ އަދި ސްކޭރީ މޫވީ 5 ހިމެނެއެވެ. 25 އަހަރުގެ އަލިއާނާ އަކީ އެކްޓުކުރުމުގެ އިތުރުން މޮޑެލް ކޮށް، ލަވަކިޔާ ވެސް ފަރާތެކެވެ.
ހިޔާލު