Criminal Court in Suoodge Massala Balaathee Faadukiyanee!
image
0 ކޮމެންޓް
 

ކްރިމިނަލް ކޯޓުން ސުއޫދުގެ މައްސަލަ ބަލާތީ ފާޑުކިޔަނީ!

ކްރިމިނަލް ކޯޓާއި ގުޅުވައިގެން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައްބަލާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދޫ ދެއްކެވި ވާހަކަތައް އެކޯޓުން ބަލަންފެށުމާއި ގުޅިގެން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ފާޑުކިޔަން ފަށައިފިއެވެ. Dhiraagu
މަޝްހޫރު ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ސުއޫދުގެ ވާހަކަ ކްރިމިނަލް ކޯޓުން ބަލަނީ ކޯޓަށް ލިބިފައި ނުވާ ބާރެއް ބޭނުންކޮށްގެން ކަމަށެވެ. ހިސާން ވިދާޅުވީ އެފަދަ މައްސަލައެއް ބެލުމުގެ އެއްވެސް ބާރެއް އަދި އިހްތިޔާރެއް ގާނޫނު އަސާސީން ކޯޓަށް ލިބިފައި ނުވާ ކަމަށެވެ.

ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯޓުގެ ގާޒީންނާއި ގުޅޭގޮތުން ކުރެވުނު ތުހުމަތު ޖޭއެސްސީއިން ބަލަމުން ދަނިކޮށް، އެތުހުމަތު ރައްދުވި ގާޒީންނަށް އެ މައްސަލަ ބެލިދާނެ ކަމާމެދު ސުވާލު އުފައްދާފައެވެ.


އެމްޓީސީސީގެ އެމްޑީކަން ކުރެއްވި މުހައްމަދު ނަސީމް (ނަފާ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ސުއޫދަށް ދެވޭ ހަމަލާއެއް ނޫން ކަމަށާއި، މިއީ ސީދާ ކޮމިޝަނުގެ މަސައްކަތްތައް ހުއްޓުވާލަން މަރުތައް ބަލާ ކޮމިޝަނަށް ދެވޭ ހަމަލާއެއް ކަމަށެވެ.


އެހެންމީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސުއޫދު ދެއްކެވި ވާހަކައަށް ރައްޔިތުން ތާއީދު ކުރާކަން ފަނޑިޔާރުންނަށް ދެއްކެވުމުގެ ގޮތުން ސުއޫދު ކޯޓަށް ހާޒިރު ކުރެވޭއިރު ވީހާވެސް ގިނަ ބަޔަކު ކޯޓު ކައިރިއަށް އެއްވާން ޖެހޭ ކަމަށެވެ.


އެހެން މީހަކު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ވޭތުވެދިޔަ ހަތް އަހަރުވެސް ސުއޫދު ކުރެއްވި މަސައްކަތް އެކަކަށްވެސް ނުކުރެވުނު ކަމަށެވެ. މީހަކު ހޯދަން އިއުލާން ކުރުމާއެކު ސުއޫދު ކޯޓަސް ހާޒިރު ކުރާތީ ނުރުހުންވެ އޭނާ ބުނީ އިންސާފު ހޯދަން މަސައްކަތް ކުރުމުން ތުރާ ކުރާ ކަމަށެވެ.

ޝާފިއު ކިޔާ މީހަކު ޓްވިޓާގައި ބުނީ ބޮޑެތި މަރުތައް ހިންގާފައި ވަނީ ދައުލަތުގެ މުއައްސަސާތައް ބޭނުންކޮސްގެންކަން ހަދާން ކުރަން ޖެހޭ ކަމަށެވެ. އަދި އެތަހްގީގުތައް ކާމިޔާބު ކުރައްވާނެ ކަމަށް ސުއޫދު ވިދާޅުވި ހިސާބުން ޖަލަށްލުން ނޫން ގޮތެއް ނެތް ކަމަށް ޝާފިއު ވަނީ ބުނެފައެވެ.


މިކަމާއި ގުޅިގެން ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން ހީފުޅުކުރެއްވީ ހަލަމާތައް އަންނާނީ ގޭންގުތަކުން ކަމަށެވެ. ނަމަވެސް އެއީ ކުށް ހީއެއް ކަމަށް ސުއޫދު ވިދާޅުވިއެވެ.

ހިޔާލު