Mifaharu Gina Baehge Lothah Amaazuvee Abram ge dhekulaige Boot ah
image
އަބްރަމް އޭޏާގެ މަންމަ ގޯރީ އާއެކު---
0 ކޮމެންޓް
 

މިފަހަރު ގިނަ ބައެއްގެ ލޯތައް އަމާޒުވީ އަބްރަމްގެ ދެކުލައި ބޫޓަށް

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހު ރުކް ހާނުގެ ހަގު ދަރިފުޅު އަބްރަމް ހާނުގެ އަރާފައިހުރި ދެކުލައިގެ ބޫޓަށް ގިނަ ބައެއްގެ ގިނަ ބައެއްގެ ލޯތައް ވަނީ ހުއްޓިފައެވެ. leaward
ދާދި ފަހުން އަބްރަމް އޭނާގެ މަންމަ ގޯރީ ހާން އާއެކު ގެއިން ބޭރަށް ނިކުންކަނިކޮށް ވަނީ ގިނަ ބަޔަކަށް ފެނިފައެވެ. ދެމައިންގެ ގިނަ ފޮޓޯތައް ޕަޕަރާޒީން ނަގާފައިވާއިރު އެންމެންގެ ލޯތައް ވެސް ހުއްޓުނީ އަބްރަމް އަރާފައިހުރި ބޫޓަށެވެ.

އުމުރުން ފަސް އަހަރުގެ އަބްރަމް އަރާފައި ހުރި އެއް ބޫޓުގެ އެއްކިބައިގައި ހުރީ ނޫކުލަ އެވެ. އަދި އަނެއް ކިބައިގައި ހުރީ ރަތް ކުލައިގައެވެ.


މީގެ ކުރިން ޝާހު އާއި ޝާހުގެ ދޮށީ ދަރިފުޅު އާރިޔަން ހާން ވެސް ވަނީ އެގޮތަށް ދެކުލައިގެ ބޫޓަށް އަރައިގެން ބޭރަށް ނިކުމެ އުޅެނިކޮށް ފެނިފއެވެ.

ޝާހު އާއި ގޯރީ ކައިވެނިކޮށްފައިވަނީ 1991 ގައެވެ. އަބްރަމުގެ އިތުރުން ދެމީހުންގެ ދެކުދިން ތިބެއެވެ. އެއީ 21 އަހަރުގެ އާރިޔަން އާއި 18 އަހަރުގެ ސުހާނާއެވެ. އެއާއިލާ އަކީ ގިނަ ބައެއްގެ ލޯބިވާ ލިބިފައިވާ އަދި ނަމޫނާ އާއިލާ އެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ހިޔާލު