ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ވިޔަފާރި
/
ކުންފުނި
ރައީސް ސޯލިހު މިއަދު ޕާލޭގެ ވެރިޔާ ސައިރިލް ގަޓްޗް އާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
23 ޖެނުއަރީ 2019
0 ކޮމެންޓް
Tweet
ރައީސް ޕާލޭގެ ވެރިޔާ އާ ބައްދަލު ކުރައްވައިފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕާލޭ ފޯ ދަ އޯޝަންގެ ސީ.އީ.އޯ އަދި އެކުންފުނީގެ ބާނީ ސައިރިލް ގަޓްޗް އާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ޕާލޭގެ މަސައްކަތްތަކަށް ތައުރީފު ކުރައްވާފަ އެވެ. އަދި ކަނޑުތައް ރައްކާތެރިކުރުމަށް އިސްނަންގަވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި އެވެ.
އެ ބައްދަލުވުމުގައި ގަޓްޗް ވަނީ ޕާލޭ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ސޯލިހު އަށް މައުލޫމާތު ދެއްވާފަ އެވެ. އެގޮތުން ދުނިޔޭގެ ކަނޑުތަކަށް ދިމާވެފައިވާ ނުރައްކާތައް އެ ކުންފުނިން ބަލަމުން އަންނަ ގޮތުގެ މައުލޫމާތު ވެސް ރައީސް އަށް ހިއްސާ ކުރެއްވި އެވެ.
އޭގެ އިތުރުން ރާއްޖެއާ މެދު ޕާލޭން ވަރަށް ބޮޑެތި އުންމީދުތައް ކުރާ ކަމަށް ގަޓްޗް ވިދާޅުވި އެވެ. އަދި ރާއްޖެއަކީ ބައިނަލްއަގުވާމީ މަޝްރަހުގައި މޫސުމަށް އަންނަ ބަދަލުތައްފަދަ ކަންކަމުން ދިމާވާ ގޮންޖެހުންތަކުން ރައްކާތެރިވުމަށް ކުދި ގައުމުތައް ކުރިއެރުވުމަށް، ބޮޑު ބާރަކަށް ވެވިދާނެފަދަ ގާބިލުކަންހުރި ގައުމެއްކަމަށް އޭނާ ވިދާޅުވި އެވެ.
ޕާލޭގެ މައިގަނޑު މަގުސަދުކަމުގައިވާ ޕްލާސްޓިކުން ކަނޑުތައް ރައްކާތެރިކުރުމުގެ ސިޔާސަތު ކަމުގައިވާ 'އެއާ ސްޓްރެޓަޖީ' އާ ބެހޭ ތަފްސީލުތައް ވެސް މިއަދުގެ ބައްދަލުވުމުގައި ގަޓްޗް ވަނީ ރައީސް އާ ހިއްސާ ކުރައްވާފަ އެވެ.
ގުޅުންހުރި
ކަނޑު
ޕާލޭ
ރައީސް އޮފީސް
ރައީސް ޞާލިޙް
ތިމާވެށި
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ބައި މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފޭރިގަނެފި
4 ގަޑިއިރު ކުރިން
"ފަނޑިޔާރުންނަކީ ވެސް ޖަވާބުދާރީ ކުރުވެން ޖެހޭނެ ބައެއް"
5 ގަޑިއިރު ކުރިން
އެކައުންޓްގައި 1 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުންނާނެ އޭރުވެސް: ޔާމީން
7 ގަޑިއިރު ކުރިން
ގެއަކުން "ވެއްޓުނު" ކުނިކޮތަޅަކުން ޖެހި މީހަކަށް އަނިޔާވެއްޖެ
7 ގަޑިއިރު ކުރިން
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޝާހިދު އެމެރިކާ އަށް
7 ގަޑިއިރު ކުރިން