Actress Charu, Sushmitage Beybe Rajeev aa Loabige gothun Gulhijje
image
ޗާރޫ އާއި ރަޖީވް---
0 ކޮމެންޓް
 

އެކްޓަރެސް ޗާރޫ، ސުޝްމީތާގެ ބޭބެ ރަޖީވް އާ ލޯބީގެ ގޮތުން ގުޅިއްޖެ

އެކްޓަރެސް ޗާރޫ އަސޯޕާ، ސުޝްމީތާ ސެންގެ ބޭބެ ރަޖީވް ސެން އާ ލޯބީގެ ގޮތުން ގުޅިއްޖެއެވެ. Dhiraagu
ޗާރޫ އާއި ރަޖީވް ލޯބީގެ ގޮތުން ގުޅިފައިވާކަން ރަސްމީކޮށް އިންސްޓަގުރާމު މެދުވެރިކޮށް ހާމަކޮފައިވާއިރު އެދެމީހުން ވެސް ވަނީ އެކުގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފައެވެ.





މީގެ ކުރިން ދެމީހުންގެ ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ ވާހަކަތައް ފެތުރުނު ނަމަވެސް ދެމީހުން ވަނީ އޭރު އެކަމާ އިންކާރުކޮށްފައެވެ. އިންޑީއާގެ ނޫސްތަކުން ބުނާގޮތުގައި އެމީހުންގެ ގުޅުން ރަސްމީކޮށް އަންގާފައިވަނީ އެގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައެވެ.

ގިނަ ބަޔަކު ދެމީހުންނަށް އަންނަނީ މަރުހަބާ ކިޔަމުންނެވެ. އަދި ކައިވެނި ކުރަނީ ކޮންއިރަކުތޯ ގިނަ ބަޔަކު ވަނީ އެދެމީހުން ސުވާލުކޮށްފައެވެ. ނަމަވެސް އެކަމާ ގުޅިގެން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޗާރު ވަނީ ގިނަ މަޝްހޫރު ޓިވީ ޝޯތަކުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި މެރީ އަންގްނޭ މޭ، ޖީޖީ މާ، ބާލް ވީރް، ބަޅޭ އައްޗޭ ލަގްތޭހޭ، އަދި އަމްރިތު މަންތަން ހިމެނެއެވެ. އޭނާ މިހާރު އަންނަނީ ކަސްތޫރީގެ ރޯލުން ކަރްން ސަންގިނީ ގައި މަސައްކަތް ކުރަމުންނެވެ.
ހިޔާލު