Sham eynage Anhenun Froggy ge Beauty blenders thah ves Dhovedhey
image
ޝާމް އާއި ފުރޮގީ---
2 ކޮމެންޓް
 

ޝާމް އޭނާގެ އަންހެނުން ފުރޮގީގެ ބިއުޓީ ބްލެންޑާސްތައް ވެސް ދޮވެދޭ

ޕާކިސްތާނަށް ނިސްބަތްވާ ޔޫޓިއުބްގެ މަޝްހޫރު ސުޓާރުން ކަމަށްވާ ޝާމް އިދްރީސް އޭނާގެ އަންހެނުން ސެހެރް (ފުރޮގީ)ގެ ބިއުޓީ ބްލެންޑާސްތައް (ފައުންޑޭޝަން އުނގުޅާ އެއްޗެހި) ދޮވެދޭ ކަމަށް ފުރޮގީ ބުނެފިއެވެ. Dhiraagu
މިދިޔަ ބުދަ ދުވަހު ކުރި ޓުވީޓެއްގައި ފުރޮގީ ބުނީ ފިރިހެނަކު ހޯދާއިރު ޝާމު އޭނާގެ ބިއުޓީ ބްލެންޑާސް ދޮވެދޭހެން ދޮވެދޭނެ ކަހަލަ ފިރިހެނަކު ހޯދާށެއެވެ. އެޓުވީޓަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު އެދެމީހުންގެ ސަޕޯޓަރުންނަށް އެކަންވީ 'ކިއުޓް' ކަމަކަށެވެ.



މިދިޔަ އަހަރުގެ އެންމެ ފަހު ދުވަސް ކަމަށްވާ ޑިސެމްބަރު 31 ގައި ދެމީހުން ކައިވެނިކޮށްފައިވާއިރު ކައިވެނީގެ ފޮޓޯތައް ޝާމް އާއި ފޮރޮގީ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މަޖާ ވީޑިއޯތައް ޝާމް އާއި ފުރޮގީ އެކުގައި ކުޅެފައިވާއިރު އެދެމީހުންނަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދެމީހުންނެވެ. މީގެ ކުރިން ދެމީހުންގެ ގުޅުމާމެދު ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު ދެމީހުން ވެސް ވަނީ އެއީ ގާތް ދެރަހުމަތްތެރިން ކަމަށް ބުނެފައެވެ.

ގިނަ ބަޔަކަށް އުފާވެރިކަމެއް ލިބިގެން ދިޔައީ ނޮވެމްބަރު މަހު އެދެމީހުން އެންގޭޖްވި ހަބަރާ ގުޅިގެންނެވެ. އެ ދެ މީހުން ފުރަތަމަ ވީޑިއޯ ހަދަން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. އެދެމީހުންނަކީ ތަފާތު އެކި ކަންތައްތަކުގެ މައްޗަށް މަޖާ ވީޑިއޯ ހަދާ ބައެކެވެ.


ޝާމް އާއި ފުރޮގީ ހަދާފައިވާ ވީޑިއޯއެއް---


ޝާމް އާއި ފުރޮގީ ހަދާފައިވާ ވީޑިއޯއެއް---


ޝާމް އާއި ފުރޮގީ ހަދާފައިވާ ވީޑިއޯއެއް---
ފޭޑި ޝާމް އިދުރީސް
ހިޔާލު

ގްރޫޓް

ކަމެއްނުވެ ހަމަ ހުރެފަ ޔޫޓިއުބަރ އެއްގެ ވާހަކަ ޚަބަރެއްގަ ނުޖަހާނެ! ޚަބަރު ތަކުގަ ހުންނާނީ ކާމިޔާބު މީހުންގެ ވާހަކަ ޝާމް އިދްރީސް އަކީ ވަރަށް ހީވާގި ކަމަށް ކަމޭހިތައިގެން އެހެންމީހުންނާ ގުޅިގެން މަސައްކަތް ކުރަން އެނގޭ މީހެއް😍

ސަމީރު

ތި އަންހެނާގެ ބައިވަރު ބްލެންޑާ ހުންނާނެ. ރަނގަޅަށް ވިއްޔާ ދޮންނަމެޝިނެއްގަ ފުރާ ދޮންނަވަރަށް ސާމާނު ހުންނާނެ. މޫނުމަތީ ހީވަނީ ދަވާދުމަތިން ތިން ހަތަރު ފަށަލައަށް ދަވާދު ލާފަ އޮތް ފާރެއްހެން.