Maruvegen Ginadhuvas vefai oi Meehehge Hashigandu Fohtakun Fenijje
image
ބަބީތާ ހަށިގަނޑު ފެނުނީ ގިނަ ދުވަސްތަކަކަށް ފަހު .-- ފޮޓޯ: ސިޓީ ސްޕައިޑީ
ޝާދިން މުހައްމަދު
4 ކޮމެންޓް
 

މަރުވެގެން ގިނަ ދުވަސްވެފައި އޮތް މީހެއްގެ ހަށިގަނޑު ފޮށްޓަކުން ފެނިއްޖެ

މަރުވެގެން ގިނަ ދުވަސް ވެފައި އޮތް އިންޑިއާ އަންހެނެއްގެ ހަށިގަނޑު ފޮށްޓެއް ތެރެއިން ފެނިއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ކުނިވެފައި އޮއްވާ މި އަންހެން މީހާގެ ހަށިގަނޑު ފެނުނީ އެނދުގެ ދަށުން ދަމާ ކަބަޑަށް ލާފައި އޮއްވައެވެ.

މި އަންހެންމީހާ އަކީ އިންޑިއާގެ ގުރުގްރާމްގައި ދިރިއުޅެމުން ދިޔަ 25 އަހަރުގެ ބަބީތާ ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުންގެ ރިޕޯޓުތައް ބުނެއެވެ.

ބަބީތާ އުޅެމުންދިޔައީ އެނާގެ ފިރިމީހާ ރާޖޭޝް އާއިއެކު ބަބީތާގެ ހަށިގަނޑު ފެނުނު ގެއާ މާ ދުރުނޫން އެޕާޓްމެންޓެއްގައިއެވެ. އަދި ހޯމަ ދުވަހުން ފެށިގެން ރާޖޭޝް ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތުވެސް ލިބެއެވެ.

ބަބީތާގެ ހަށިގަނޑު ފެނުނީ އެގެއިން އަވައްޓެރިންނަށް ނުބައި ވަސް ދުވާތީ އެގޭ ވެރިފަރާތް (ދިނޭޝް) އެތަން ބަލާ ޗެކުކުރުމުންނެވެ.

ފުލުހުން ބުނީ އެމީހުން މިހާރު ދަނީ ރާޖޭޝް ހޯދަމުން ކަމަށެވެ.
މަރު އިންޑިއާ
ހިޔާލު

ސަވްދާން

މުޅިންވެސް ސަވްދާން އިންޑިއާ ކުޅެން ހުރި ހާދިސާތައް..މިނޫން ވަރެއް މިވެރިންނަށް ވޭބާ! ޑްރާމާ ކުޅުމާއި އޭގެ އަސްލު ޑްރާމާ ހިންގާލުން.

ރައޫ

މި އަންހެންމީހާ އަކީ އިންޑިއާގެ ގުރުގްރާމްގައި ދިރިއުޅެމުން ދިޔަ 25 އަހަރުގެ ބަބީތާ ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުންގެ ރިޕޯޓުތައް ބުނެއެވެ. މިއޮތީނު

ބޮއްސުންލުން

ސުރުހީގައި ހަށިގަނޑު ފެނުނީ ފޮށްޓަކުންނޯ، ޚަބަރު ކިޔާލިއިރު ކަބަޑަކަުން،

ރައުނާ

އަޅެ ތިޔަ ލިޔުނު މީހެއް، ތީ ކޮންތާކު ހިނގި ކަމެއްކަން ލިޔުނުނަމަ ދޯ