Mee Thafaathu meeheh! Depression ah Beyhuge Badhalugai Gengulhenee Alligator eh
image
ޖޯއީ އޭނާގެ އެލިގޭޓާ އާއާކު---
0 ކޮމެންޓް
 

ޑިޕްރެޝަނަށް ބޭހުގެ ބަދަލުގައި ގެންގުޅެނީ އެލިގޭޓާއެއް

އެމެރިކާގެ ޖޯއީ ހެނޭ އަކީ ވަރަށް ތަފާތު މީހެކެވެ. ޖޯއީ ޑިޕްރެޝަނަށް ބޭހުގެ ބަދަލުގައި ގެންގުޅެނީ އެލިގޭޓާ (ކިނބޫ އާއިލާގެ ވައްތަރެއް) އެކެވެ.
އުމުރުން 65 އަހަރުގެ ޖޯއީ އަކީ މިހާރު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަތާރެކެވެ. ޖޯއީ މަޝްހޫރު ވެފައިވަނީ ނަފްސާނީ ބަލީގެ އެހީ ހޯދުމަށް ޖަނަވާރެއް ގެންގުޅޭތީއެވެ.

ނަފްސާނީ އެހީ ހޯދުމަށް ޖޯއީ ހަތަރު ފޫޓު ހަ އިންޗި ބޮޑު އެ އެލިގޭޓާއެއް ގެންގުޅޭއިރު ވެލީގެ ނަން ޖޯއީ ވަނީ އެ އެލިގޭޓާއަށް ދީފައެވެ. ވެލީ ވަނީ ނަފްސާނީ ބަލީގެ އެހީ ހޯދުމަށް ޖަނަވާރެއްގެ ގޮތުގައި ރަޖިސްޓްރީވެސް ކޮށްފައެވެ. އަދި އެއީ އެގޮތަށް ރަޖިސްޓްރީ ކުރި ފުރަތަމަ ޖަނަވާރު ވެސް މެއެވެ.

ޖޯއީ ބުނިގޮތުގައި ޑިޕްރެޝަންގެ ސަބަބުން އޭނާގެ ޑޮކްޓަރު އެދެނީ ބޭސް ބޭނުން ކުރުމަށެވެ. ނަމަވެސް ބޭސް ބޭނުން ކުރަން ފޫހިވާތީ އޭނާ ހިޔާރު ކުރީ އޭނާގެ އެލިގޭޓާ ކަމަށް ޖޯއީ ވަނީ ބުނެފައެވެ. އަދި ޑިޕްރެޝަނަށް އެލިގޭޓާ މަސައްކަތް ކުރާ ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.

ޖޯއީ އަށް ވެލީ ލިބުނީ މީގެ ތިން އަހަރު ކުރިން އޭނާގެ ރަހުމްތެރިއެއްގެ ފަރާތުންނެވެ. ޖޯއީ ވަނީ އެލިގޭޓާ އަށް އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި ކޯރެއް ހަދާފައެވެ. ޖޯއީ ބުނިގޮތުގައި ވެލީ ކަނީ ކުކުޅު ފައެވެ. އަދި ޓީވީ އިން ދަ ލަޔަން ކިންގް ވެސް ބަލާކަމަށް ޖޯއީ ވަނީ ބުނެފައެވެ. ވެލީ އަކީ ވަރަށް އޮޅު އެއްޗެކެވެ.
ހިޔާލު