Velana Airport ge bodu bayakun karantu kendijje
image
ވީއައިއޭގެ އާ ރަންވޭ: ފައިލް ފޮޓޯ
0 ކޮމެންޓް
 

ވެލާނާ އެއާޕޯޓްގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޮޑު ބަޔަކުން ކަރަނޓް ކެނޑި އޮޕަރޭޝަންތައް ހުއްޓިއްޖެއެވެ.
އެއާޕޯޓުން ވަހަކަ ދެއްކި ބައެއް މުވައްޒަފުންބުނީ އެއާޕޯޓްގެ ޕަވަޕްލާންޓަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓް ކެނޑިފައިވާތާ ގިނަ އިރުތަކެއް ވެފައިވާ ކަމުގައެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ކަރަންޓް އެއްވެސް ގޮތަކަށް ނެތްތާ މިހާރު ދެ ގަޑިއިރަށް ވުރެ ގިނައިރު ވެފައިވާކަމަށް އެއާޕޯޓުން ވަހަކަދެއްކި ބައެއް މީހުން ބުނެއެވެ.

ވެލާނާ އެއާޕޯޓް ހިންގަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުންބުނީ ދިމާވި މައްސަލައަކާއި ގުޅިގެން އެއާޕޯޓްގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާކަމުގައެވެ.
އެކުންފުނިން ބުނީ ވީހާވެސް އަވަހަކަށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.

އެނގިފައިވާ ގޮތުގައި އެއާޕޯޓުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައިވަނީ ސަބްސްޓޭޝަނަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. ނަމަވެސް ދިމަވެގެން އުޅެނީ ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ހިޔާލު