America in Huawei aa Dhekolhah Bodethi Dhauvaathakeh Ufulaifi
image
އެމެރިކާ އިން ވާވޭ އާ ދެކޮޅަށް އުފުލި ދައުވާތައް ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކުރަނީ.-- ފޮޓޯ: ރޮއިޓާސް
0 ކޮމެންޓް
 

އެމެރިކާ އިން ވާވޭ އާ ދެކޮޅަށް ބޮޑެތި ދައުވާތަކެއް އުފުލައިފި

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ޗައިނާގެ މަޝްހޫރު ވާވޭ އާ ދެކޮލަށް ބޮޑެތި ދައުވާތަކެއް އުފުލައިފި އެވެ. muni
ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު ސްމާޓްފޯން މެނުފެކްޗަރާ އާ ދެކޮޅަށް އެމެރިކާ އިން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ބޭންކް ފްރޯޑް، އިންސާފު ގާއިމްކުރަން ހުރަސް އެޅުން އަދި ޓެކްނޮލޮޖީން ވައްކަން ކުރުން ހިމެނޭ ގޮތަށް 23 ދައުވާ އެއް ވަނީ އުފުލާފަ އެވެ.

އެމެރިކާ އިން އެ ދައުވާތައް އުފުލާފައިވަނީ ވާވޭ އާއި ދާދިފަހުން އެ ގައުމުން އެދިގެން ކެނެޑާ އިން ދާދިފަހުން ހައްޔަރުކޮށްފައިވާ ވާވޭގެ ސީއެފްއޯ އަދި އެ ކުންފުނީގެ ބާނީގެ އަންހެން ދަރިކަނބަލުންނާ ދެކޮޅަށެވެ.

އެގޮތުން އެމެރިކާގެ ދައުވާގައި އެ ކުންފުނިން އޮޅުވާލައިގެން، އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނިކޮށް އީރާނާ އެކު ވިޔަފާރި ކުރުމާއި، ޓީ-މޯބައިލްގެ "ޓެޕީ" ކިޔާ ޓެކްނޮލޮޖީއެއް ސިއްރުން ހޯދައިގެން ވާވޭން ބޭނުންކުރި ކަމަށް އެމެރިކާ އިން ބުނެ އެވެ. ބޭންކް ފްރޯޑްގެ މައްސަލަ އަކީ ވާވޭން އެމެރިކާގެ އިދާރާތަކާއި ދުނިޔޭގެ ބޭންކުތަކަށް، އެ ކުންފުނީގެ ސަބްސިޑަޔަރީ ކުންފުންޏެއް ކަމަށްވާ ވާވޭ ޑިވައިސް ޔޫއެސްއޭ އާއި ސްކައިކޮމް ޓެކްނޮލޮޖީ އާ ދެމެދު އޮތް ގުޅުންތައް އޮޅުވާލުމެވެ.

އެމެރިކާ އާއި ޗައިނާގެ އިގްތިސާދީ ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވެ، ދެ ގައުމުގެ އިގްތިސާދަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައި ވަނިކޮށް ވާވޭ އާ ދެކޮޅަށް އެ ގައުމުން ދައުވާ އުފުލުމުން އިތުރަށް ގުޅުންތައް ގޯސްވާނެ ކަމަށް ތަޖުރިބާކަރުން ލަފާކުރެ އެވެ. އެގޮތުން ޗައިނާ ސަރުކާރުގެ ތެރޭގައި ނުފޫޒުގަދަ ވާވޭ ކުންފުނީގެ ސީއެފްއޯ ހައްޔަރު ކުރުމުން ކެނެޑާ އާ އެކު އެ ގައުމުން އޮތް ގުޅުންތައް ވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

އެގޮތުން ޗައިނާ އިން ވަނީ އެ ގައުމުގައި އުޅުނު ކެނެޑާ ބައެއް ރައްޔިތުން ކުއްލިއަކަށް ހައްޔަރުކޮށް "ގެއްލުވާލާފަ" އެވެ. އަދި އެ ގައުމަށް ޑްރަގް އެތެރެކުރިކަން ސާބިތުވެގެން 15 އަހަރަށް ޖަލަށް ލާފައި ހުރި ކެނެޑާ މީހެއްގެ ހުކުމް މާ ލުއި ކަމަށް ބުނެ ދާދި ފަހުން ވަނީ އޭނާ އަށް މަރުގެ ހުކުމް އިއްވާފަ އެވެ.
ހިޔާލު