Singapore HIV registry in 14,000 meehehge mauloomaathu leak vehje
image
އެ މައުލުމާތުތައް ލީކް ކޮށްލުމުގެ ތުހުމަތުގައި ހޯދަމުން އަންނަ އެމެރިކާ މިހާ.-- ފޮޓޯ: އީޕީއޭ
0 ކޮމެންޓް
 

ސިންގަޕޫރުގެ އެޗްއައިވީ ރެޖިސްޓްރީން 14،000 މީހެއްގެ މައުލޫމާތު ލީކުވެއްޖެ

ސިންގަޕޫރުގެ އެޗްއައިވީ ރެޖިސްޓްރީން 14،000 މީހެއްގެ މައުލޫމާތު ވަގަށް ނެގުމަށް ފަހު އޮންލައިންކޮށް ލީކުކޮށްލާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ސިންގަޕޫރުން މިދިޔަ އާދިއްތަ ދުވަހު ބުނީ އެ މައުލޫމާތު ތައް ވަގަށް ނަގާފައިވަނީ 2016 ވަނަ އަހަރު ކަމަށެވެ. އަދި އެކަން ކުރީ އެޗްއައިވީ ޖެހިފައިވާ އެމެރިކާ މީހަކާ އެއްޖިންސުގެ ގޮތުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިންގަޕޫރުގެ ނެޝަނަލް ޕަބްލިކް ހެލްތު ޔުނިޓުގެ ވެރިޔާ ކަމަށެވެ.

އެ މައުލޫމާތުތައް އާންމުކޮށްފައިވަނީ އެމެރިކާ މީހާ ކަމަށް ސިންގަޕޫރުން ތުހުމަތު ކުރެ އެވެ. އެގޮތުން އުމުރުން 33 އަހަރުގެ މައިޚީ ފެރޭރާ-ބްރޯންޗޭޒް ހޯދަން އެ ގައުމުން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ. އޭނާ އަކީ 2008 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި އުޅެމުން ދިޔަ މީހެއް ކަމަށާއި، އަދި ޑްރަގްގެ މައްސަލަ އަކާއި ފްރޯޑް މައްސަލައެއްގައި ޖަލަށް ލުމަށްފަހު 2016 ވަނަ އަހަރު އޭނާ ވަނީ ސިންގަޕޫރުން ޑީޕޯޓް ކޮށްލާފައި ކަމަށް އެ ގައުމުން ބުނެ އެވެ.

ސިންގަޕޫރުން 2015 ވަނަ އަހަރާ ހަމަ އަށް އޮތީ އެޗްއައިވީ ހުންނަ ބޭރު ގައުމުތަކުގެ މީހުން އެ ގައުމަށް އެތެރެވުން މަނާކޮށްފަ އެވެ. އޭރު ޓޫރިސްޓުންގެ ގޮތުގައި ވެސް އެޗްއައިވީ ޖެހިފައިވާ މީހުންނަށް އެ ގައުމަށް އެތެރެއެއް ނުވެވެ އެވެ.

ޕަބްލިކް ހެލްތް ޔުނިޓުގެ ވެރިޔާ އޭނާގެ ކުރީގެ ލޯބިވެރިޔާ އެ ގައުމަށް އެތެރެކުރުމަށް، އޭނަ އަށް އަށް އެޗްއައިވީ ޖެހިފައިވީ ނަމަވެސް އެކަން އޮތީ އޮޅުވާލާފަ އެވެ. އަދި އެ މައްސަލަ އާއި އެޗްއަިއވީ ރެޖިސްޓްރީގެ މައުލުމާތު ވަގަށްނެގުމުގެ ކުށުގައި މިހާރު އޭނާގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.

ލީކުކޮށްލާފައިވާ އެޗްއައިވީ ރެޖިސްޓްރީގައި މީހުންގެ ނަމާއި، އެޑްރެސް އަދި އެޗްއައިވީ ސްޓޭޓަސްގެ އިތުރުން އެހެނިހެން ސިއްހީ މައުލޫމާތުތައް ހިމެނޭ ކަމަށް ސިންގަޕޫރުން ބުނެ އެވެ. އަދި އެ ރެޖިސްޓްރީގައި ސިންގަޕޫރަށް ޒިޔާރަތްކުރުމުގެ ތެރޭގައި އެޗްއައިވީ ޓެސްޓްކޮށްފައިވާ އެ ގައުމު ނޫން އެހެން ގައުމުތަކުގެ މީހުންގެ މައުލޫމާތު ހިމެނޭ ކަމަށް ވެސް ސިންގަޕޫރުން ބުނެ އެވެ.

އެގޮތުން އޭގެ ތެރޭގައި ހިމެނެނީ ސިންގަޕޫރުގެ 5،400 މީހެއްގެ މައުލުމާތާއި، އެ ގައުމަށް ޒިޔާރަތްކުރުމުގެ ތެރޭގައި އެޗްއައިވީ އަށް ޓެސްޓްކޮށް އެ ބަލިހުރި 8،800 މީހެއްގެ މައުލޫމާތު ކަމަށް އެ ގައުމުން ބުނެ އެވެ. އަދި އެ މީހުންނަކީ 2013 ވަނަ އަހަރުގެ ޖެނުއަރީގެ ކުރިން އެޗްއައިވީ ރެޖިސްޓްރީގައި ނޯޓްކުރި މީހުން ކަމަށް ސިންގަޕޫރުން ބުނެ އެވެ.

އެޗްއައިވީ ރެޖިސްޓްރީގެ އެތައް ހާސް ނަމެއް ލީކުކޮށްލި އިރު، މީގެ ދެތިން މަސް ކުރިން ހެކަރުން ވަނީ ސިންގަޕޫރުގެ 1.5 މިލިޔަން މީހުންގެ ސިއްހީ މައުލޫމާތުތައް ވަގަށް ނަގާފަ އެވެ. ވަގަށްނަގާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ސިންގަޕޫރުގެ ބޮޑުވަޒީރުގެ ސިއްހީ މައުލޫމާތުތައް ވެސް ހިމެނޭ ކަމަށް އެ ގައުމުން ބުނެ އެވެ.
ހިޔާލު