Lift gai Thaashivefai Huri Meeheh 2 Dhuvas Fahun Salaamai Kohfi
image
53 އަހަރު މީހާ ތާށިވި ލިފްޓް ހުރި ގެ..- ފޮޓޯ: ގޫގުލް މެޕްސް
ޝާދިން މުހައްމަދު
0 ކޮމެންޓް
 

ލިފްޓުގައި ތާށިވެފައި ހުރި މީހެއް 2 ދުވަސް ފަހުން ސަލާމަތް ކޮއްފި

އެމެއެރިކާގެ ނިއުޔޯކުގެ ގެއެއްގެ ލިފްޓުގައި 53 އަހަރުގެ އަންހެނެއް ތާށިވިތާ ދެދުވަސް ފަހުން ސަލާމަތްކޮށްފިއެވެ.
ނިއުޔޯކުގައި ހުންނަ މެންހެޓަން ޓައުން ހައުސް ނަމަކަށް ކިޔާ ބިލިޔެނަރެއްގެ ގެއަށް މި އަންހެންމީހާ ވަނީ މިދިޔަ ހުކުރު ދުވަހު ހަވީރުއެވެ. އަދި އޭގެ ފަހުން އޭނާ ސަލާމަތް ކޮށްފައިވަނީ ހޯމަ ދުވަހު ހެނދުނުއެވެ.

އެ އަންހެންމީހާ އަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ނިއު ޔޯކް ފުލުހުން މައުލޫމާތުދެއެވެ. އޭނާ ފެނުނު އިރު އޭނާގެ ހަށިގަނޑުން ވަނީ ގިނަ އަދަދަކަށް ފެންމަދުވެފައިކަމަށް ޢާއިލާއިން މައުލޫމާތުދެއެވެ.

ޢާއިލާއިން މައުލޫމާތު ދޭ ގޮތުގައި، މި އަންހެންމީހާއަކީ އެގޭގައި ދިރިއުޅޭ ގޭގެވެރިފަރާތުގެ ޢާއިލާ އާއި ވަރަށް ގާތް މީހެކެވެ. އަދި އެ ޢާއިލާއިން ވަނީ އޭނާ އާއި އެކު ހޮސްޕިޓަލަށްވެސް ޒިޔާރަތް ކޮށްފައެވެ.

ފުލުހުން މިހާރުވަނީ ސަލާމަތީ ފިޔަވަޅު އެޅުމަށް އެ ގެ ފާހަގަ ކޮށްފައެވެ.
ހިޔާލު